މިހާރު ކުރިއަށްދާ މަޝްހޫރު މިއުޒިކް ފެސްޓިވަލް "ކޯޗެއްލާ 2025"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ދިގު ހުށައެޅުމެއް ފެނިގެން ގޮސްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފެށި އެ ފެސްޓިވަލްގެ ފުރަތަމަ ހުށައެޅުމުގެ ގޮތުގައި ފެނިގެންދިޔަ ލޭޑީ ގާގާގެ އެ ހުށައެޅުން ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ އެވެ.

އެ ހުށައެޅުމުގެ ތެރެއިން ލޭޑީ ގާގާ ވަނީ އޭނާގެ ކުރީގެ މިއުޒިކް ވީޑިއޯތަކަށް ޓްރިބިއުޓްއެއް ދީ އެ ވީޑިއޯތަކުގެ ހަނދާން އާކޮށްފަ އެވެ.

ލޭޑީ ގާގާގެ އެ ދިގު ހުށައެޅުމާއެކު އޭނާގެ ހުށައެޅުން އާއްމުންނާއި މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު ގިނަ ބައެއްގެ ތައުރީފު ވެސް އޭނާއަށް ދަނީ ލިބެމުންނެވެ.

ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ ދެ ހަފްތާ ބަންދުގައި ކުރިއަށްދާ "ކޯޗެއްލާ"ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާޓިސްޓުން ބައިވެރިވެ އެވެ.

އެ ފެސްޓިވަލްގެ ފުރަތަމަ ހަފްތާ އިއްޔެ ނިމުނުއިރު ފެނިގެންދިޔަ ހުށައެޅުންތަކުގެ ތެރޭގައި ލޭޑީ ގާގާގެ އިތުރުން ޓްރެވިސް ސްކޮޓް، ބްލެކް ޕިންކްގެ ލީސާ އަދި ޖެނީ ވެސް ހިމެނެ އެވެ.

އެއާއެކު ކުރިއަށް