އީރާގުގެ ދެކުނަށާއި މެދު ތެރެއަށް އައި ވެލީގެ ތޫފާނުގައި 1،800 އަށް ވުރެ ގިނަ މީހުންގެ ނޭވާލާ ނިޒާމަށް ގެއްލުން ލިބިފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އޮފިޝަލުން ބުނެފި އެވެ.
މި ވެލީގެ ތޫފާނާއި ގުޅިގެން އެ ގައުމުގެ ދެކުނުގައި އޮންނަ ނަޖަފް އާއި ބަސްރާގެ އެއާޕޯޓުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، އެ ސަރަހައްދު ވަނީ އޮރެންޖު ކުލައިން ފޮރުވި، ސާފުކޮށް ފެންނަ މިންވަރު ވެސް ވަނީ ވަރަށްބޮޑަށް ދަށްވެފަ އެވެ.
މި ތޫފާނުގެ ސަބަބުން ނޭވާ ހާސްވެ އީރާގުގެ ދެކުނުގައި އޮންނަ މުތަންނަ އިން 700 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދިއިރު، ނަޖަފް އިން 250 އަށް ވުރެ ގިނަ މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.
މި ތޫފާނުގައި ސާފުކޮށް ފެންނަ މިންވަރު 0.62 މޭލަށް ދަށްވިއިރު، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާ ގޮތުގައި މިއަދު ހެނދުނު މި ތޫފާނުގެ އަސަރު ކުޑަވާނެ އެވެ.
މީގެ ކުރިން 2022 ވަނަ އަހަރު އީރާނަށް އައި ވެލީގެ ތޫފާނެއްގައި ވެސް 5،000 އަށް ވުރެ ގިނަ މީހުންގެ ނޭވާލާ ނިޒާމަށް އެކި މައްސަލަތައް ކުރިމަތިވެ ފަރުވާ ވަނީ ދީފަ އެވެ.