މިއަހަރުގެ ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖުން ހުޅުވާލައިފި އެވެ.
ހެރިޓޭޖް މިނިސްޓްރީން ގެޒެޓް ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ފަރާތުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގަ ކަމަށެވެ. މިގޮތުން މިނިސްޓްރީން ބުނީ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްކަމަށެވެ.
އެހެންކަމުން ހެރިޓޭޖް މިނިސްޓްރީ އާއި ގުޅިގެން މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރު ކުރުމަށްފަހު މޭ 1 ވާ ބުރާސްފަތި ދުވަހުގެ 1:00 ގެ ކުރިން އެ މިނިސްޓްރީ އަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
މާާބަނޑު ދުވަސްވަރު ނަފްސާނީ ސިއްހަތަށް ސަމާލުވާން ޖެހޭ!
އެމްއޭސީއެލް ހިންގަމުންދާގޮތާ މެދު ހިތާމަކުރަން: ނޫރައްދީން
އެމްޑީޕީގެ ރައްދު ބަޔާނަށް ހުރައަޅަން ޕީއެންސީ މެންބަރުން އުޅެފި