ކުރިއަށް އޮތް 98 ވަނަ އެކަޑަމީ އޮސްކާ އެވޯޑްސްއަށް ތައާރަފް ކުރެވުނު އާ ގަވާއިދާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އެބަދެ އެވެ.
އޮސްކާ ރާވައި ހިންގާ ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސަސް (އަޕްމާސް) އިން ވަނީ ކުރިއަށް އޮތް އޮސްކާ އެވޯޑްސްއަށް ނޮމިނޭޓް ވެފައިވާ ފަރާތްތަކަށް ވޯޓު ދިނުމުގެ ކުރިން ނޮމިނޭޓްވި ހުރިހާ ފިލްމެއް ބެލުމަށް މެމްބަރުންނަށް ޝަރުތު ކޮށްފަ އެވެ.
މި ގަވާއިދަކީ މުޅިން އާ ގަވާއިދެއް ނަމަ މީގެ ކުރިން އެކަން ކުރިއަށް ގެންދިޔައީ ކިހިނެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
"އެއީ މީގެ ކުރިން އެކަން ކުރަމުން އައި ގޮތެއް ނޫންތަ؟" ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.
އެގޮތުން މީގެ ކުރިން އޮސްކާ އެވޯޑްތަކަށް މީހުން ހޮވުމުގައި އެކަޑަމީގެ މެމްބަރުން ވޯޓު ދޭއިރު އެ ފަރާތްތަކުގެ މަސައްކަތަށް ރަނގަޅަށް އިންސާފު ނުކުރާ ކަމަށް ވެސް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ.
އޮސްކާ އެވޯޑް ހާސިލްކުރާ ފަރާތްތައް ހޮވަނީ އަމްޕާސްގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެ އެކަޑަމީގެ މެމްބަރުންގެ ތެރޭގައި ފިލްމީ ދާއިރާގެ 10،000 އަށްވުރެ ގިނަ ފަންނުވެރިން ހިމެނެ އެވެ.