މިދިޔަ ހުކުރު ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓުނު 21 އަހަރުގެ އަންހެން ކުއްޖާ އާއި އެކު އުޅުނު ފިރިހެން މީހާގެ ނަން އެންމެ ފަހުން ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން ގެ ފަރާތުން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި ގޮތުގައި އެރޭ އަންހެން ކުއްޖާ އާއެކު ހުރީ ރައުދު އަހްމަދު ޒިލާލް އެވެ.
މި މައްސަލާގައި ތުހުމަތުކުރެވޭ 7 މީހުން ވެސް ބަލާ ފާސްކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރައުދު ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރު ކުރަން ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ކުރިން ފުލުހުން ބޭއްވި "ސިއްރު" ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން ކުއްޖާގެ ވަނަވަރު ހާމަކޮށް، މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފައި ނުވާތީ އާއްމުންގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުކޮށްފަ އެވެ.