ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ބުނި ކަންގަނާ ރަނޯޓް އެންމެ ފަހުން އުނބަށް ޖަހައި ހޮލީވުޑްގެ ފިލްމަކަށް އާނބަސް ބުނެފި އެވެ.
ހަަބަރުތައް ބުނާ ގޮތުގައި ކަންގަނާ ވަނީ ވަރަށް ފަހުން ހޮލީވުޑްގެ ބިރުވެރި ފިލްމަކަށް ސޮއިކޮށް އެ ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ.
ލަޔަން މޫވީސްގެ ފަރާތުން އުފައްދާ "ބްލެސްޑް ބީ ދަ އީވިލް"ގައި ކަންގަނާގެ އިތުރުން ދެން ފެނިގެންދާނީ ޓައިލާ ޕޮސީއާއި ސްކާލެޓް ރޯސް އެވެ.
ކަންގަނާ ހޮލީވުޑްގެ ޕްރޮޖެކްޓެއް ނަގާފައި މިވަނީ ހުޅަނގުގައި މަސައްކަތް ކުރުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށާއި އިންޑިއާއާއި ބޮލީވުޑްއަކީ އޭނާގެ ގެ ކަމަށް ބުނެފައި ވަނިކޮށެވެ.
އޭގެ އިތުރުން ވެސް 2021 ވަނަ އަހަރު ކަންގަނާ ވަނީ ބޮލީވުޑްގައި ހޮލީވުޑްގެ ނުފޫޒު އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމުގައި ކަންގަނާގެ ބަހާއި އަމަލާ ދިމާ ނުވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް ފާޑު ކިޔަމުންނެވެ.
އެއާއެކު ހޮލީވުޑްގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާއާއެކު މަސައްކަތް ކުރުމަށް ވެސް ބައެއް މީހުން އެދެމުންދެ އެވެ.