ހޮލީވުޑްއަކީ ބުރުސޫރައާ ގުޅުންހުރި ކަންކަމުގެ ސަބަބުން ގިނަ ބަޔަކަށް ފުރުސަތުތަކެއް ލިބި އަނެއް ބަޔަކަށް ފުރުސަތުތައް ގެއްލޭ ދާއިރާ އެކެވެ.
މިގޮތުން މަޝްހޫރު އެކްޓްރެސް ނިކޯލް ކިޑްމަންގެ ދިގު އިސްކޮޅުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ގެއްލުނު ކަމަށް އޭނާ ބުނެފައިވެ އެވެ.
ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ނިކޯލް ވަނީ މޮޑެލިން ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ކުރިމަތިވި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން އޭނާގެ ޖިސްމާނީ ސިފަތަކުގެ ސަބަބުން މޮޑެލިން ޕްރޮޖެކްތައް ހޯދަން އުނދަގޫވި ކަމަށާއި ދިގު މޮޑެލްއާއެކު މަސައްކަތް ކުރަން ގިނަ އެޖެންޓުން ބޭނުންނުވާ ކަމަށް ނިކޯލް ބުންޏެވެ.
"އަހަރެންގެ މުޅި ކެރިއަރު ހޭދަކުރީ 5 ފޫޓު 2 އިންޗި އިސްކޮޅަށް ކުޑަވާން ބޭނުންވެ ހުރޭ،" އިސްކޮޅުގައި 5 ފޫޓު 11 އިންޗި ހުންނަ ނިކޯލް ބުނެފައިވެ އެވެ.
ނިކޯލް އިތުރަށް ބުނީ ދިގު މޮޑެލުންނަށް ހެދުން ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށާއި އޭޖެންޓުން އޭނާއާއެކު މަސައްކަތް ކުރަން ފަސްޖެހޭ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށެވެ.
ނިކޯލްއަކީ 90ގެ އަހަރުތަކުގެ ޒުވާނުންގެ މެދުގައި "ސްޓައިލް އައިކަން"އެއްގެ ގޮތުގައި ބެލެވުނު ތަރި އެކެވެ. އޭނާގެ ފެޝަން ސްޓައިލަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.