ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދަތުރުކުރެއްވި ފްލައިޓެއްގައި ބޮމެެއް އޮތް ކަމުގެ އިންޒާރު ލިބިގެން ކުއްލި ހާލަތުގައި އެހެން ގައުމަކަށް ފްލައިޓް ޖައްސައިފި އެވެ.
މިކަން ހިނގީ މިދިޔަ އަންގާރަ ދުވަހުއެވެ. ބޭރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777 ގެ ފްލައިޓެއް ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އެންޖަލީސް އަށް ދަތުރުކުރަމުން ދަނިކޮށް އެ ފްލައިޓްގައި ބޮމެއް އޮތް ކަމުގެ އިންޒާރު ލިބިފައިވެ އެވެ. އެ ބޯޓުގައި ބޮމެއް އޮތްކަމުގެ ލިޔުމެއް ފާހާނައިގެ ލޯގަނޑުގައި ހިއްޕާފައިވެ އެވެ. އެހެންވެ އެ ފްލައިޓް ވަނީ އިމަޖެންސީގައި ޖައްސާފަ އެވެ.
މިކަމާ ގުޅިގެން ނައިބު ރައީސް ވަނީ އެހެން ފްލައިޓެއްގައި ވަޑައިގެންފަ އެވެ.
މި ހާދިސާ ހިނގީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އެ ހާދިސާއާ ގުޅިގެން ޔުނައިޓެޑް އެއާލައިނުން ނެރުނު ބަޔާނެއްގައި ވަނީ 339 ފަސިންޖަރުންނާއި 10 ކްރޫންނާ އެކު ދަތުރުކުރި ފްލައިޓު ވަނީ ރައްކާތެރިކަމާ އެކު އަނބުރާ ހޮނޮލޫލޫގައި ޖައްސާފައި ކަމަށެވެ.
އެ މައްސަލަ އެމެރިކާގެ އެފްއައިބީން އަންނަނީ ތަހުގީގު ކުރަމުންނެވެ.