ސައުދީ އަރަބިއާ އާއި ގަތަރު ގުޅިގެން ސީރިއާގެ ސަރުކާރަށް މުސާރަ ދިނުމަށް އެހީވާން ނިންމައިފި އެވެ.

ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސައުދު މިކަން ހާމަކުރެއްވިއިރު، ދެ ގައުމުން ވެސް ދެނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ހާމަކޮށްފަ އެއް ނުވެ އެވެ.

އޭގެ ފަހުން އެ ދެގައުމު ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސީރިއާ އަށް މި އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވަނީ 3 މަހުގެ މުއްދަތަކަށް ކަމަށެވެ.

މިފަދައިން މި ދެ ގައުމުން ނިންމާފައިވާއިރު މިދިޔަ އޭޕްރިލް މަހުވެސް ސައުދީ އާއި ގަތަރުން ވަނީ ސީރިއާ އިން ވޯލްޑް ބޭންކަށް ދައްކަން ޖެހޭ 15 ހަލާސްކޮށްދީފަ އެވެ.

މި ދެގައުމުގެ އިތުރުންވެސް ދާދި ފަހުން އެމެރިކާ އިން ވެސް ވަނީ ސީރިއާ ސަރުކާރާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާ، ސީރިއާ ގައި މަޝްރޫއު ތައް ހިންގުމާއި އެފަދަ މަޝްރޫއުތަކަށް ފައިސާ ދޫކުރުމުގެ ހުއްދަވެސް އެގައުމުގެ އިދާރާތަކަށާއި ބޭންކުތަކަށް ދީފަ އެވެ.