ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއްގެ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައާ ގުޅިން ބައްސާމްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން އަދި ނުނިންމަ އެވެ.
ފުލުހުން މިރޭ ބުނީ މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތެރޭގައި ބައްސާމް ހިއްސާވާ ކުންފުންޏަކަށާއި، އެފްއޭއެމްގައި އޭރު މަސައްކަތްކުރި ފަރާތްތަކުގެ އެކައުންޓުތަކަށް އެފްއޭއެމްގެ ފައިސާ ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ހިމެނޭ ކަމަށެވެ.
މީގެ އިތުރުން، އެފްއޭއެމްއިން ކްލަބުތަކަށް ދެމުންދާ ސަބްސިޑީ، އެ ކްލަބުތަކުގެ އިސްވެރިންގެ އަމިއްލަ އެކައުންޓުތަކަށާއި އެ ފަރާތްތައް ހިއްސާވާ ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަން ފާހަގަކުރެވި، އެ މައްސަލައިގެ ތަހުގީގުވެސް ކުރިއަށްދާކަމަށް ފުލުހުން ބުންޏެވެ.
ކޭވްގައި ދެ މައިންގެ މަރުވީ އޮކްސިޖަން ނުލިބިގެން
ވަރުންގެ "ޗުނަރި ޗުނަރި" ބެލުންތެރިންނަށް ކަމަކު ނުދިޔަ!
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި

ބައްސާމް ޖަރީމާ ހިންގަން އެހީތެރިވީ ކުލަބުތަކުގެ ވެރިން އަދި ފީފާގެ ބައެއްމީހުން. ބައްސާްމް ވަކިނުކޮއް މިހާދުވަސްވީ މިސަބަބާހެދި.