ނުވަދިހައިގެ ފަހުކޮޅު އަދި 2000ގެ ކުރީކޮޅު މަޝްހޫރުވި އެމެރިކަން ސިޓްކޮމް ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑެއް ބެލުންތެރިންނާއި ހަމައަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
އެޗްބީއޯ މެކްސް އިން ޕްރޮޑިއުސުކޮށް އުފައްދާ މި އެޕިސޯޑުގައި ސީރީޒްގެ އޮރިޖިނަލް ތަރިން ކަމަށްވާ ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް، ލީޒާ ކޫޑްރޯ، މެޓް ލެބްލާންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމަރ ފެނިގެން ދާނެ އެވެ.
ދިވެހި ޒުވާނުންގެ ތެރޭގައިވެސް ބޮޑު މަޤުބޮޫލްކަމެއް ހޯދި ފްރެންޑްސް އަކީ ނިއުޔޯކުގައި ދިރިއުޅެމުން އަންނަ 6 އެކުވެރިންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް 10 ސިޒަނަށް ދެމިގެންދިޔަ މަޖާ ސީރީޒް އެކެވެ.
ރީޔޫނިއަން އާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑޭވިޑް ޝްވިމަރ ބުނީ މިހާތަނަށްވެސް ޝޫޓިންގް ލަސްވީ ކޮވިޑުް 19 ޕެންޑަމިކްގެ ސަބަބުން ކަމަށާއި ދެން ލަހެއްނުވެ ބެލުންތެރިންގެ އިންތިޒާރު ނިމުމަކަށް އައިސްދާނެ ކަމަށެވެ.
އަހަރުމެންގެ ތެރޭގައި ފްރެންޑްސް ތަކުރާރުކޮށް ބަލާ ފޭނުނުވެސް އުޅޭނެކަން ޔަގީނެވެ. އެފަދަ ފަރާތްތަކަށު މިއީ އުފާވެރި ހަބަރެކެވެ.
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ޕާކިސްތާނުން ބާރުއަޅަނީ
މަތިންދާ ބޯޓު ނައްޓާލުމާއި ޖެއްސުމުގައި އަލި ފަނޑު ކުރަނީ ކީއްވެ؟
ބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަނީ