މިއަދުގެ ބާޒާރަށް ބަލާއިރު ކޮކާ ކޯލާ އަދި ޕެޕްސީއަކީ ބެވަރޭޖް މާކެޓުގެ ލީޑަރުންގެ ގޮތުގައި ބުނެވިދާނެ އެވެ. އެ ބުއިންތަކަށް އެތައް ހާސް ބަޔަކު ލޯބިކުރެ އެވެ.
އެހެން ނަމަވެސް ޒުވާން ވިޔަފާރިވެރިއެއްގެ އިސްނެގުމުގެ ދަށުން ފެށި "ސަލާމް ކޯލާ" ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި ކޯކާ ކޯލާއާއި ޕެޕްސީއަށް ވަރުގަދަ ވާދައެއް ދޭން ފަށާފަ އެވެ.
އުމުރުން 27 އަހަރުގެ އައިކިޒް ޝާހްގެ ސަލާމް ކޯލާގެ މައިގަނޑު މަގްސަދަކަށް ވީ ހެޔޮ ގޮތުގައި ވިޔަފާރި ކުރުމާއި އިންސާނިއްޔަތުގެ ކަންކަމަށް އިސްކަން ދިނުމެވެ.
އެގޮތުން އެ އުފެއްދުމަށް ލިބޭ ފައިދާގެ 10 ޕަސެންޓް ހާއްސަ ކުރަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށެވެ.
އެގޮތުން މިހާތަނަށް ވެސް އެ ކުންފުނިން ވަނީ މިސްރުގައި ދިރިއުޅޭ ފަލަސްތީނު ކުދިންނަށް ސްކޫލެއް އިމާރާތްކޮށް 10،000 އަށްވުރެ ގިނަ މީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން އެހީވެފަ އެވެ.
ހަލާލް ސެޓްފިކެޓް ވެސް ލިބިފައިވާ "ސަލާމް ކޯލާ"އަކީ ރަހައިގެ ގޮތުން ކޮކާ ކޯލާއާއި ޕެޕްސީއާ ދާދި އެއްގޮތް ބުއިމެއް ކަމަށް ބުނެވެ އެވެ.
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ސަލާމް ކޯލާ"އަށް އެހާ ބޮޑު ކާމިޔާބީއެއް ލިބުމުގެ ފަހަތުގައި ވަނީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް ކޮކާ ކޯލާއާއި ޕެޕްސީއިން އެއްބާރުލުން ދިނުމެވެ.
"ސަލާމް ކޯލާ"ގެ ރަހައާއި ފެންވަރުގެ އިތުރުން އެ ކުންފުނީގެ އިޖުތިމާއީ މަސައްކަތްތަކުގެ ސަބަބުން އެ ވެފައި ވަނީ 2025 ވަނަ އަހަރުގެ ލީޑިން އެނާޖީ ބުއިމަށެވެ.