ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ސަރުކާރު ހޮސްޕިޓަލް އައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ބަންދުކޮށްފި އެވެ.
މިކަން އިއުލާނުކޮށް އެ ހޮސްޕިޓަލުން ނެރުނު އެންގުމެއްގައި ބުބެފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ހޮނިހިރު ދުވަހު އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް ޖުލައި 27 އަދި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް، އެ ދުވަސްތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައިވެ އެވެ.
އައިޖީއެމްއެޗުން އަންނަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި މިހާރު އައިޖީއެމްއެޗުން އަންނަނީ މިމަހުގެ 27 ވަނަ ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން ތައްޔާރުވަމުންނެވެ.
ހަމަހިމޭން ކަމުގައި ވަގުތު ހޭދަ ކުރަން ހިތް ނުތަނަވަސްވޭތަ؟
އީރާނުގެ އިންޓަނެޓް އިއާދަކުރަން އެންގި ރިޔާސީ އިދާރާ ސަސްޕެންޑް
އީރާނަށް ވާގިވެރިވާނަމަ އޮމާން ގޮއްވާލާނެ ކަމަށް ޓްރަމްޕް ބުނެފި