ސްރީލަންކާގެ ވެރިކަން ކުރި ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތައް ހުއްޓާލަން އެގައުމުން ނިންމައިފި އެވެ.
އެގައުމުގެ "ޕްރެޒިޑެންޓްސް އެންޓައިޓަލްމަންޓް އެކްޓް" އަށް އިސްލާހު ގެނައުމަށް ބިލެއް ޑްރާފްޓް ކޮށްފައިވާއިރު، މިފަދައިން ނިންމާފައިވަނީ އެގައުމުގެ ސަރުކާރުގެ ކެބިނެޓުގެ ބައްދަލުވުމުގައި ހުރިހާ މިނިސްޓަރުންގެ ރުހުމާ އެކު އެވެ.
އެގައުމުގެ މިނިސްޓާ އޮފް ޖަސްޓިސް އެންޑް ނޭޝަނަލް އިންޓަގްރޭޝަންގެ ފަރާތުން ކެބިނެޓަށް ހުށަހެޅި މި ބިލުގައިވާ ގޮތުން، ސަރުކާރުގެގެ ފަރާތުން ފޯރުކޮށްދީފައިވާ އެއްވެސް ގެއެއް ނުލިބޭނެއިރު، ކޮންމެ މަހަކު ދޭ އެލަވަންސާއި، ކުރީގެ ރައީސުންގެ ހުވަފަތްވެފައިވާ އަނބިންނަށް ދޭ އެލަވަންސްވެސް ހުއްޓާލަން ޖެހޭނެ އެވެ.
ސްރީލަންކާއިން މިފަދައިން ނިންމި އިރު، އެގައުމުގެ ކެބިނެޓުން މިއަހަރުގެ ޖޫން މަހު ވަނީ ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ޕެންޝަނާއި އެކިކަހަލަ ފައިދާތައް ލިބުން ހުއްޓުމަށްޓަކައި، ހަމަ މި ގާނޫނާއި "ޕާލިމެންޓަރީ ޕެންޝަން ލޯ" އަށް ވެސް އިސްލާހު ގެނެސްފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ބަލަނީ
ތާރީހީ ދަތުރަށްފަހު "އާޓެމިސް 2"ގެ ބައިވެރިންގެ ތަޖުރިބާ