ފުވައްމުލަކު އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެންދަން އައްޑުއިން ފަޔާ ޓްރަކެއް ފުވައްމުލަކަށް މިރޭ ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
ފަޔާ ލޮރީ ހަލާކުވުމުގެ ސަބަބުން ފުވައްމުލައް އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އައްޑުއިން ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ފުވައްމުލަކަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށެވެ.
"މިރޭ އެ އެއާޕޯޓަށް ފަޔާ ލޮރީ ގެންދެވޭނެ ކަމަށް ބެލެވޭ. ވީހާވެސް އަވަހަކަށް ފުވައްމުލައް އެއާޕޯޓް އޮޕަރޭޝަނަށް ގެންދަން މަސައްކަތް ކުރަމުން މި އަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވާ އިންޖީނު ހަލާކުވެގެން ހުއްޓުނީ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފަޔާ ޓްރަކް ހަލާކުވީ މިހާތަނަށް އެކަށީގެންވާގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓިފައި ނުވާތީ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
"އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމެއް އައްޑޫމަގުން ވަނީ ފުވައްމުލަކަށް ގޮސް ހަރަކާތްތެރިވަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އިންތިހާބަކާ ނުލައި 7 ޕަސެންޓް ގޮނޑި ކާމިޔާބު ކުރެވިއްޖެ: ފަލާހު
އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭނެ ގޮތް މަޖިލީހުން ހަދައިފި
ގްރޭޓާ އައްޑޫ އަކީ "އިންޑިއާ އައުޓް" ކަހަލަ ދަންތުރައެއް: ނިޒާރު
