ނޫސްތަކުގެ އެޑިޓަރުންގެ ޖަމިއްޔާ ކަމަށްވާ "އެޑިޓާސް ގިލްޑު"ގެ ރައީސްގެ މަގާމުން ތަޖުރިބާކާރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހިރިގާ ވިދާޅުވީ އެ ޖަމިއްޔާ މިހާރު އޮތީ ޕެރަލައިޒްވައި ކަމަށެވެ. ސަބަބަކީ އެޑިޓާސް ގިލްޑުގެ ހިންގާ ކޮމެޓީގެ ގިނަ މެމްބަރުން މި ސަރުކާރުގެ އިސް މަގާމްތަކުގައި ތިބުމެވެ.
ހިރިގާ ވިދާޅުވީ، ނޫސްވެރިންނާއި ޖުމްލަކޮށް މުޅި މީޑިއާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެ ޖަމިއްޔާއިން އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނެ އޮތުމަކީ ކަންބޮޑުވުމެއް ކަމަށެވެ.
"އެހެން ކަމާއެކު، އެފަދަ ޖަމިއްޔާއެއް ލީޑުކުރަން ހުރުމަކަށް އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކުރާތީ މިއަދުން ފެށިގެން އެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ،" އެކްސްގައި ހިރިގާ ވިދާޅުވި އެވެ.
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރަން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދަން ގިނަ މީޑިއާތަކާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ސަލްމާންގެ ސިއްހަތާމެދު ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފި
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި