ލުބުނާނުގެ ދެކުނު ސަރަހައްދުގައި ހުންނަ ބިންތް ޖުބައިލް ސިޓީއަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ތިން ކުޑަކުދިން ހިމެނޭ ގޮތަށް ފަސް މީހުން މަރުވެއްޖެކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މި ހަމަލާގައި ފަސްމީހަކު މަރުވެފައިވާއިރު، އިތުރު ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާ އާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމާއެކު، ލުބުނާނުގެ ހިޒްބުއްﷲ އިން ވެސް ވަނީ އިޒްރޭލާ އެކު ހަނގުރާމަ އިއުލާނުކޮށް އިޒްރޭލާ ދެކޮޅަށް ދުވަހުން ދުވަހަށް ހަމަލާތައް ބަދަލުކުރަން ފަށާފަ އެވެ.

އިޒްރޭލުން ދިން ގިނަ ހަމަލާތަކެއްގައި 3،000 އަށްވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް އެއް މިލިއަން ރައްޔިތުންގެ ގެދޮރު ގެއްލި، އެ މީހުން އެހެންތަންތަނަށް ހިޖުރަކުރަން މަޖުބޫރުވި އެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހިޒްބުއްﷲއާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް، އިޒްރޭލުން ވަނީ ދެކުނު ލުބުނާނުގެ ސަރަހައްދުތަކަށް ތަކުރާރުކޮށް ހަމަލާދެމުން ގެންގޮސްފަ އެވެ.

އެންމެ ފަހުގެ މި ހަމަލާއާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށް ދެވޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައިވެ އެވެ.