މާތްވެގެންވާ އިސްލާމް ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފައިވާ ކަންކަމަކީ ފަރުވާ ކުޑަކުރާކަމަށްވެއްޖެ ނަމަ، ގައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެ ކަމަށާއި އިންސާނާގެ ސިކުނޑިއާ ހިތާއި އަމަލުން އަންނަ މި ތަރައްގީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްގީކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
37 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ގުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމަޢުއަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަންތައް ކަމަށެވެ.
ރައީސް ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ މުބާރާތް ކަމަށާއި އެކަމަށް ސަރުކާރުން އެންމެ އިސްކަމެއް ދިނުމަށް ނިންމީ، ދީނީ ކަންކަމަށް ބާރުއަޅައި، އެ ދާއިރާއިން ކުރިއަށްދިއުމަށް ހުރި މަގުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ގުރުއާނަށް ލޯބިޖެހިފަވާ މުޖުތަމަޢުއެއް އުފެއްދުމަށް ސަރުކާރުން މި ދިން އިސްކަމަކީ، ވަރަށް މުހިމު ފެށުމެއް ކަމަށާއި ގުރުއާނަށް ލޯބިޖެހިފައިވާ ދަރިންތަކެއް އުފެއްދުމަކީ މުޖުތަމައަކުން އެންމެ އިސްކަން ދޭންޖެހޭނެ ކަން ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވަނީ ދިވެހިންގެ ކުރީގެ ރިވެތި އާދަތައް އަނބުރާ ގެންނަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ދެ ނަމާދު ދޭތެރޭގައި ދަރިންނާއި މައިންބަފައިން ގުރުއަން ކިޔަވަން ތިބި ޒަމާނަކީ، އެ އާދަތައް އަލުން އަނބުރާ ހޯދަންޖެހޭ ވަރަށް ރިވެތި އާދަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިރިއުޅުމުގެ ބުރަ ވަގުތުތަކުގެ ތެރެއިން ވެސް، މިއީ ކޮންމެހެން ވަގުތު ހޯދަންޖެހޭ ކަމެއް ގޮތުގައި ހެދުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ރައީސް ވިދާޅުވީ ދީނުގައި އެންމެ އިސްކަން ދިނުމަށް އަންގަވާފަވާ ކަންކަމަކީ ފަރުވާ ކުޑަކުރާ ކަންކަމަށްވެއްޖެ ނަމަ، ގައުމުގައި ފާގަތިކަމާ އަމާންކަން ނޯންނާނެ ކަމަށެވެ. އަދި އިންސާނާގެ ސިކުނޑިއާ ހިތާއި އަމަލުން އަންނަ މި ތަރައްގީއަކީ، މާނަހުރި ފުން، ވަށާޖެހޭ ތަރައްގީ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އިމާރާތެއް ހެދިދާނެ 50 ބުރީގެ. އެއީ ހަގީގީ ތަރައްގީއެއް ނޫން. ހެޔޮކަން ކަމަށް ހިތުގައި ބިންވަޅު ނަގާ، އެކަމުގެ މައްޗަށް އަމަލުތައް ބައްޓަންކުރުން ވަރުގަދަކުރަން ޖެހޭ. އިސްލާމީ ހިދާޔަތު ލިބިފައިވާ ވަރަށް 'ޔުނިކް' ގައުމެއް ރާއްޖެއަކީ. އަތުން ހިފޭ ތަރައްގީއަށް ވުރެ އިސްކަން ދޭންވީ، އަންނަން އޮތް ދުނިޔެއަށް ތައްޔާރުވުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީއަކީ ސިކުނޑިން ވިސްނާ، އަމަލާއި ބަސް، އިސްލާމީ މަގުން ކުރިއަށް ގެންދިއުމަށް ވިސްނުން ކަމަށެވެ. މިކަމަށް މަގުފަހިކުރެވޭނީ އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކަމަށާއި ސަރުކާރުން އެކަމަށް ހިތްވަރުދީ މަގުތައް ކޮށައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދީނުގައި އިސްކަންދޭންޖެހޭ އެހެން މުހިންމު ކަންތައް ވެސް ހިމެނޭ. އެންމެ ބޮޑު އެއްކަމަކީ އަމާނާތް ތެރިކަމާއި އިހްސާން ތެރިކަން. ﷲ ގެ އަޅުންގެ ހައްގުތައް ނަގާ ދެމެހެއްޓުމަށް އައްޔަން ކުރެވޭ ވެރިންގެ ޒިިންމާ ތަކާ ތެދުވެރިކަމާ އިޚްލާސް ތެރިކަން ނެތިއްޖެނަމަ އެ ގައުމެއް ވީރާނާވެ ބިކަވާނެ. މި ގައުމު މިދަނީ ކޮން މަގަކަށްބާ؟
ރިޕްލައި