މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަން ފުލުހުން އާންމުގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން ބުނީ ހޯދަމުންދަނީ ގަލޮޅު ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި އަނިޔާވި މީހެއް ކަމަށެވެ. އެއީ މިދިޔަ މާރިޗު 29 ވަނަ ދުވަހު ހިންގާފައިވާ މާރާމާރީއެއް ކަމަށެވެ. އަދި ބުނީ އެ މާރާމާރީގައި ދެމީހަކު ވެގެން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށެވެ. އަނިޔާވި ބިދޭސީ މީހާއަކީ ކާކުކަން އަަދި ދެނެގަނެވިފައި ނުވާކަމަށެވެ.
ހޯދަމުންދާ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
ގައުމު ހަލަބޮލި ކުރުމަށް އުޅޭތީ ފާރަވެރިވާންޖެހޭ: ރައީސް މުއިއްޒު
އަނިޔާ ކުރި މުޖުރިމުން ނުހޯދާ އޭނާ ހޯދުމުގެ ބޭނުމަކީ ކޮބައިތޯ؟