މަޝްހޫރު މޮޑެލް ކިމް ކާޑޭޝަންގެ އެންމެ ފަހުގެ ފެނިލުމާއެކު އޭނާ އަނެއްކާވެސް ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ.
ލޮސް އެންޖެލަސްގައި މިފަހުން ބޭއްވި ފަސްވަނަ އެކަޑަމީ ގާލާގައި ކިމް ބައިވެރިވީ ހަމުގެ ކުލައިގެ ހެދުމެއް ލައިގެން ތުނި ފޮއްޗަކުން މޫނު ވެސް އެއްކޮށް ފޮރުވައިގެންނެވެ.
އެ ގާލާގެ ތެރެއިން ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމާއެކު ގިނަ ބަޔަކު އަންނަނީ ކިމް މޫނު ފޮރުވާފައިވަނީ ޕްލާސްޓިކް ސާޖަރީ ހެދިކަން ފޮރުވުމަށް ކަމަށް ބުނަމުންނެވެ.
"މިއީ ޕްލާސްޓިކް ސާޖަރީ ހެދިކަން ފޮރުވަން ވަރަށް މޮޅު ގޮތެއް." ކިމްގެ އެ ފެނިލުމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.
ކިމް ވެސް އޭނާގެ "ލުކް" ފެންނަ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާއިރު އެއާއެކު ފަރުދާގެ ފުރަގަހުގެ ފޮޓޯތަކެއް ވެސް ހިމަނާފައިވެ އެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން ކިމް ޕްލާސްޓިކް ސާޖަރީ ހަދާފައިވާއިރު އެކަން ވެސް ވަނީ ގިނަ ބަޔަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފާހަގަވެފަ އެވެ.
ރަންބީރުގެ މޫނު މަތީގައި އަނުޝްކާ ޖެހީ ކީއްވެ؟
ނައުފަލްގެ ވީޑިއޯތައް ފެނުމުން ހެވޭނެ!
ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް 50 މިލިއަނަށް