މި އަހަރުގެ ނަސްރުގެ ދުވަހާ ދިމާކޮށް ނޮވެމްބަރު 2، ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ އެ ދުވަސް ބަންދުކުރަން ރައީސް ނިންމެވީ ނަސްރުގެ ދުވަސް ކަމުން ނޮވެމްބަރު 3، ވާ ހޯމަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ ބަންދު ދުވަސްތަކަށް ހުއްޓުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ގޮތުން ކަމަށެވެ.
މީގެކުރިން ވެސް މިފަދަ މުނާސަބަތުތަކާ ގުޅިގެން ސަރުކާރު ބަންދުކުރެ އެވެ. އެއީ ސަރުކާރު މުވައްޒަފުންނަށް އެފަދަ މުނާސަބަތުތަކާ ގުޅިގެން ޗުއްޓީއެއް ދިނުމުގެ ގޮތުން ކުރާ ކަމެކެވެ.
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
އީސީއަށް ޝަކީލް އައްޔަންކުރަން ރުހުންދީފި
