ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ޕްލާސްޓިކް ސާޖަރީ ހަދަން ތައްޔާރު ވަމުން އަންނަ ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ ލޮރެންސް ބުނެފި އެވެ.
"ދަ ނިއުޔޯކާ"އަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގައި ޕްލާސްޓިކް ސާޖަރީ ހަދަން ތާވަލު ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.
މިއަހަރުގެ ކުރީކޮޅު ދެވަނަ ދަރިފުޅަށް މަރުހަބާ ކީ ޖެނިފާ އިތުރަށް ބުނީ ވިހެއުމަށްފަހު އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
"ފުރަތަމަ ދަރިފުޅު ވިހެއުމަށްފަހު ހަށިގަނޑު ކުރިން ހުރި ގޮތަށް ބަދަލުވި. އެކަމަކު މިފަހަރު ވިހެއުމަށްފަހު އެއްވެސް ކަމެއް ކުރިން ހުރި ގޮތަށް ބަދަލެއް ނުވި" ޖެނިފާ ބުންޏެވެ.
ޖެނިފާ އިތުރަށް ބުނީ ޕްލާސްޓިކް ސާޖަރީ ހެދުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ކުރިއަށް އޮތް ފިލްމަށް ތައްޔާރުވުން ކަމަށާއި އެހެން ނަމަވެސް އެކަން އެގޮތަށް ނެތް ނަމަވެސް ސާޖަރީ ހަދާނެ ކަމަށެވެ.
މީގެ ކުރިންވެސް ޖެނިފާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ އަޑުތައް ފެންމަތިވެފައިވާއިރު އެކަން ފާހަގަވާ ފޮޓޯތަކެއް ވެސް އިންޓަނެޓުގައި ދައުރުވި އެވެ.
ފޭރިގަތް ޑޮލަރުތައް ފެނުނުކަމާ މެދު ސުވާލު އުފެދިއްޖެ
ބީއެމްއެލް އިން ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފި
އަނިޔާއާއެކު ވެސް އައްޒަ މަސައްކަތައިގެން ކުރިއަށް!