ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކުރުމުގައި އެހީތެރިވިކަން ފަޅާއެރުމުން ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން މިއަދު މަގާމުން ވަކިކޮށްފި އެވެ.
ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ 241 ކޮމެޓީން ދިރާސާކޮށްފައިވާ "ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް" ގެ ތެޔޮ ބޯޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އަށް ސިނގިރޭޓް ކާޓޫނުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިނގިރޭޓް ކާޓޫނުތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ބޮންޑެޑް ވެއާހައުސް އިން ނެރުނު މައްސަލައާ ގުޅިގެން، މަޖިލީހުން ފޮނުވި ސިޓީގައި ދީފައިވާ މައުލޫމާތާއި ލަފާއަށް ރިއާޔަތްކޮށް، ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސް ގެ މަގާމުގައި ތިއްބެވި ދެ ބޭފުޅަކު ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ އިތުރު ތިން މުވައްޒަފަކާ ގުޅޭގޮތުން، ކަސްޓަމްސްއިން އަމަލުކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކަސްޓަމްސްގައި މިހާރު ހަތަރު ޑެޕިޔުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އޭގެތެރެއިން ވަޒީފާއިން ވަކިކޮށްފައި ވަނީ މަހުމޫދު ރިޔާޒު އާއި އަބްދުﷲ ވަހީދެވެ.
އެ ދެ ބޭފުޅުން ވެސް ޑެޕިޔުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރެއްވީ ރައީސް މުހައްމަދު މުއިއްޒެވެ.
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
ކުރީގެ މިނިސްޓަރު ރަމީލާ އެޗްއާރުސީއެމް އަށް އައްޔަންކުރަނީ
