ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ޔަހޫދީ ފައުޖުތަކުން ޔަހޫދީން ހިންގި ގަތުލުއާންމު މެދުކަނޑާލުމާ އެކު، ގާޒާގެ ބޭންކުތައް އަލުން ހުޅުވައި، ހިދުމަތް ދޭން ފަށައިފި އެވެ.
ބޭންކްތައް އަލުން ހުޅުވައި ހިދުމަތް ދޭން ފެށި ނަމަވެސް، ބޭންކުގެ ހިދުމަތްތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ސަބަބަކީ، އާންމުންނަށް ދޫކުރާނެ ނަގުދު ފައިސާ ނެތުމެވެ. ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ނަގުދު ފައިސާ ނެތުމުން، ގަތުލުއާންމަށް ފަހު ވެސް ގާޒާގެ ރައްޔިތުންގެ ނިކަމެތި ހާލަތަށް ތަސައްލީއެއް ލިބިފައި ނުވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ދެ އަހަރަށް ދެމިގެން ދިޔަ ގަތުލުއާންމުގައި ޔަހޫދީ ފައުޖުން ބޮންއަޅައި ސުންނާފަތިކޮށްލާފައިވާ އިމާރާތްތަކުގެ ތެރޭގައި ގާޒާގެ ބޭންކުތައް ވެސް ހިމެނެ އެވެ. ނަމަވެސް، ހަމަލާ ބަދަލުކުރުން މެދުކަނޑާލިތާ ދެ ހަފުތާ ފަހުން، އޮކްޓޫބަރު 16 ގައި މި ވަގުތު ކޮޅަށްހުރި މަދު ބޭންކުތައް ވަނީ ހުޅުވާފަ އެވެ. އަދި، ބައެއް ހިދުމަތްތައް ދޭން ފަށައިފަ އެވެ. ނަމަވެސް، އެ ތަންތަނުގައި ދެމިފައި އޮތް ބޮޑެތި ކިޔޫތަކުގައި އެތަކެއް ގަޑިއިރަކު މަޑުކުރުމަށް ފަހު ގާޒާގެ ޢާންމުން އެނބުރި ގެއަށް އެނބުރި ދަނީ ހުސް އަތާ އެވެ.
ޔަހޫދީންގެ ގަތުލުއާންމު މެދުކަނޑައިލާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގައިވެން އޮކްޓޫބަރު 10ވަނަ ދުވަހު އެކުލަވާލި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ގާޒާއަށް ފައިސާ އެތެރެ ކުރުމާ ބެހޭ އެއްވެސް މާއްދާއެއް އެ އެއްބަސްވުމުގައި ހިމަނާފައެއް ނެތެވެ. އަދި، ގާޒާގައި ނިކަމެތި ކޮށްލާފައިވާ 2.2 މިލިއަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް ޔަހޫދީން އަދިވެސް ދަނީ ހުރަސްތައް ކުރިމަތި ކުރަމުންނެވެ.
ގާޒާ އުދުވާނުގެ ދަށުން އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ހުރަސް އެޅުމާ ގުޅިގެން، ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ހޯދުމަށް ގާޒާގެ ރައްޔިތުންނަށް އަމިއްލަ މުދާ ވިއްކައިލުމަށް މަޖުބޫރުވި އެވެ. ގާޒާގެ ގިނަ ރައްޔިތުންގެ ގެދޮރު ސުންނާފަތި ކޮށްލާފައިވާއިރު، ގިނަ މީހުން އަތުގައި މި ވަގުތު އެއްވެސް މުދަލެއް ވެސް ނެތެވެ. ފައިސާއެއް ވެސް ނެތެވެ. ކާބޯތަކެތި ގަތުމަށް އޭގެ ތެރެއިން ބައެއް މީހުން މިއަދު ދަނީ ބޭންކުގެ އޮންލައިން އެޕްލިކޭޝަން ފަދަ އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރަމުންނެވެ. ނަމަވެސް، ކުކުޅު ބިހާއި ހަކުރު ފަދަ ތަކެތި އަދިވެސް ލިބެން ހުރީ ބޮޑެތި އަގުތަކެއްގައި ކަން ގާޒާގެ ރައްޔިތުން ފާހަގަކުރި އެވެ.
ޗާލްސްގެ ކޮއްކޯފުޅު އެންޑްރޫގެ ޝާހީ މަގަބުތައް އަތުލައިފި
ތާޖު މަހަލްއަކީ ހިންދޫންގެ ފައްޅިއެއް ކަމަށް ދައުވާކުރާ ސަބަބު!