ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބޯޓެއް އެމްއެންޑީއެފް އިން އަތުލައިގަނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެއަރކޯއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
އެ ބޯޓާއި ގުޅޭ އިތުރު ތަފުސީލެއް އަދި އެމްއެންޑީއެފްއިން ހިއްސާކޮށްފައެއް ނުވެއެވެ
މިދިޔަ ބުދަ ދުވަހުވެސް ވަނީ ރާއްޖެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓާފަ އެވެ،
ހައި ސްކޫލު މާރާމާރީއާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑް
ކަސްރަތުކުރާ ވަގުތުގެ ގޮތުން ނަތީޖާއަށް ބަދަލު އާދޭތަ؟
އޮސްޓްރޭލިއާގެ ކުޑަ ކުދިންނަށް ސޯޝަލް މީޑިއާ މަނާ ކޮށްފި