ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންގެ ލޯނުގެ ދަށުން ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.
އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުންނެވެ. މިރޭގެ ރަސްމިއްޔާތަށް، ހަނިމާދޫ އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އޭ-320 މަރުކާޒުގެ މަތިންދާ ބޯޓެއް ޖައްސާނެ އެވެ. މިއީ 150 މީހުންގެ ޖާގައިގެ ނެރޯ ބޯޑީ ފްލައިޓެކެވެ. އޭ-320 ޖައްސަން ފަށަނީ، ރަންވޭ ބޮޑުކޮށް ގެނެސްފަވާ ބަދަލުތަކާއެކު އެވެ.
އެއާޕޯޓް އަލުން ތަރަށްގީކޮށް ހުޅުވުމުގެ އުފަލުގައި މިރޭ ހަވާއަރުވަން ވެސް ވަނީ ނިންމާފައެވެ.
އެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ ވަނީ ރާއްޖެ ވަޑައިގެންފައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ 2.1 ބިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2023 ގަ އެވެ. އެ މަސައްކަތް ކުރަނީ އިންޑިއާގެ ބޮޑު އިންފްރާސްޓްރަކްޗާ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ އެކްސްޕޯޓްސް އިންނެވެ.
ދެ ބުރީގެ އެ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. ޓާމިނަލް ޑިޒައިންކޮށްފައި ވަނީ މަޑިއެއްގެ ބައްޓަމަށެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. އަދި މިމަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ އެވެ.
ކޮމިޓީން އެދުމުން މަހުމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްފި
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ
އުސޫލާ ހިލާފަށް ކުންފުނިތަކަށް ފައިސާއެއް ނުދެން: ބީއެމްއެލް
