މާލެއިން ފުރައިގެން ކާށިދުއަށް ދަތުރު ކުރި ފައިސަލާ ނަމަކަށް ކިޔާ ބޯޓެެއް ކާށިދޫ ފަރަށް އަރައި އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ކާށިދޫ ހެލްތު ސެންޓަރަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި ގެންދިޔައިރުވެސް އެ މީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުންޏެވެ.
މަަރުވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ އެމްޑީ އަލަމްގިރް ނަމަކަށް ކިޔާ މީހެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި އެ ބޯޓު ފަރަށް އެރީ، މިރޭ 20:00 ހާއިރު އެވެ.
ބޯޓު ފަރަށް އެރުމާ ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތައް އޮޔާދާތީ، އެ ސަރަަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ