ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވާދަވެރި، އަދި ދުނިޔެ މިހާތަނަށް ދެކެފައިވާ އެންމެ މޮޅު ދެ ފުޓުބޯޅަ ކުޅުންތެރިންގެ ވާހަކަތަކަށް އަދި ވެސް ފަނޑުކަމެއް ނާދެ އެވެ. ވާދަވެރިކަމަށް ކުޑަވެސް ފަނޑުކަމެއް ނާންނަ ދެ ތަރިންނަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނީ ތަރި ލިއޮނެލް މެސީ އެވެ.
މި ދެ ކުޅުންތެރިންނާ އެއްހަމަކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެއް އަދި މިހާތަނަށް ދުނިޔެ ދެކެފައެއް ނުވެ އެވެ. ފުޓުބޯޅަ ކެރިއަރުގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކަށް ބެލިނަމަ ވެސް އެފަދަ ތިންވަ ކުޅުންތެރިއަކު ފުޓުބޯޅަ ތާރީހުގައި ފެނިފައެއް ނުވެ އެވެ. މި ދެ ކުޅުންތެރިންގެ ކެރިއަރުގައި ހަދާފައިވާ ރެކޯޑުތަކަށް ބަލާއިރު ވެސް ހަމަ އެފަދަ އެވެ.
ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފުޓުބޯޅައިގެ ތާރީހުގައި މެސީއަށް ވުރެ ގިނަ ރެކޯޑު ހަދާފައި ވަނީ ރޮނާލްޑޯ އެވެ. ނަމަވެސް މެސީގެ ފޭނުން އެކަން ގަބޫލެއް ނުކުރެ އެވެ.
ކޮންމެއަކަސް މެސީ މިވަނީ ރޮނާލްޑޯގެ ރެކޯޑެއް ވަގަށް ނަގާފަ އެވެ. މެސީގެ މިފަހަރުގެ މި ރެކޯޑަކީ ދަނޑުން ބޭރުން މުގުރާލި ރެކޯޑެކެވެ. ވަގަށް ނެގި ރެކޯޑެކެވެ.
އާޖެންޓީނާގެ ކެޕްޓަން އޭނާގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ސްޕެއިންގެ ބާސެލޯނާގަ އެވެ. އެ ކުލަބާއެކު 17 ސީޒަން ހޭދަކޮށް 35 ތަށި ކާމިޔާބު ކުރި އެވެ. އަދި 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދިޔަ މެސީ ވަނީ ދާދިފަހުން އޭނާގެ ހަނދާނީ ސްޓޭޑިއަމް ކޭޕް ނޯ އަށް ޒިޔާރަތެއް ކޮށްފަ އެވެ. ގިނަ ބަޔަކަށް މިކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް މިކަން އެނގެނީ މެސީގެ ޓީމް މޭޓެއް ކަމަށްވާ ރޮޑްރިގޯ ޑި ޕޯލް އަށެވެ. މިކަމުގެ ފަހަތުގައި ވެސް ވަނީ އޭނާ އެވެ.
މެސީ ކޭޕްނޯ އަށް ކުރި ޒިޔާރަތުގެ ތެރެއިން ގިނަ ހަނދާންތަކެއް އާކުރަމުން މުޅި ސްޓޭޑިއަމް އަށް ނަޒަރު ހިންގަމުން ގެންދިޔައިރު، ޑި ޕޯލް ވަނީ އަރިމަތިން މެސީގެ ހަނދާނީ ފޮޓޯތަކެއް ނަގާފަ އެވެ.
އޭނާ މި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލީ ވެސް މެސީ އަށް ނޭނގި އެވެ. މެސީއަށް އެ ފޮޓޯތައް ފެނުނީ ސޯޝަލް މީޑިއާއިންނެވެ. ޑި ޕޯލް ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސީގެ މި ހަނދާނީ ފޮޓޯތަކަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފަ އެވެ. އެގޮތުން މި ފޮޓޯތަކަށް 27.8 މިލިއަނަށް ވުރެ ގިނަ ލައިކްސް އާއި 820،000 ކޮމެންޓް ވަނީ ލިބިފަ އެވެ. އެއީ އިންސްޓަގްރާމްގެ ތާރީހުގައި ރެކޯޑެކެވެ. އަދި މިއީ އިންސްޓަގްރާމުގައި އެންމެ މަގުބޫލު 20 ފޮޓޯގެ ތެރޭގައި ހިމެނިފައިވާ ފޮޓޯތަކެކެވެ.
މި ރެކޯޑު މީގެ ކުރިން އޮތީ ރޮނާލްޑޯގެ އަތުގަ އެވެ. އެއީ ރޮނާލްޑޯ 2019 ވަނަ އަހަރުގެ ނޭޝަންސް ލީގު ތަށި ކާމިޔާބު ކޮށް، އެކަމުގެ އުފަލުގައި ކުރި ސެލެބްރޭޝަންގެ ފޮޓޯތަކުން ކުރި ޕޯސްޓް ތަކުން ހެދި ރެކޯޑެވެ. އެ ފޮޓޯ ތަކަށް 23 މިލިއަން ލައިކްސް ލިބުނެވެ. ނަމަވެސް މެސީގެ މި ފޮޓޯތަކަށް ވަނީ 27.78 މިލިއަން ލައިކްސް ލިބުނެވެ.
މި ރެކޯޑަށް ފަހު މެސީ ސޯޝަލް މީޑިއާގައި ބުނީ އޭނާގެ ހިތް އަދިވެސް ވަނީ ބާސެލޯނާއާ އެކު ކަމަށެވެ. އަދި ކޮންމެވެސް ދުވަހަކުން ބާސާއަށް އެނބުރި އައުމަށް އުންމީދުކުރާ ކަމަށް ވެސް މެސީ ބުނެފައި ވެ އެވެ. މެސީގެ މި މެސެޖާއެކު މުޅި ސޯޝަލް މީޑިއާ ވަނީ ގުގުމާލާފަ އެވެ.
މެސީގެ އެންމެ ފަހުގެ ޕޯސްޓާ އެކު ރޮނާލްޑޯއާ އޮތް ވާދަވެރިކަމަށް އިތުރު ބާބެއް އިތުރުވެފައިވާ ކަމަށް އޭނާގެ ސަޕޯޓަރުން ބުނެ އެވެ. ދަނޑުން ބޭރުގައި ވެސް މި ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ.
ޕްލާންޓުން ދޫކުރާ ފެނުގެ ރައްކާތެރިކަން ޔަގީނެއް ނޫން
ތަފާތު ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތައް ތަފާތު!
މާފަރު އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރަން ޗައިނާގެ ކުންފުންޏަކަށް