ހުޅުމާލެ ދެވަނަ ފިޔަވައްސާއި ޖެހިގެން އޮންނަ ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި ރޯވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޯވެފައިވަނީ އެތަނުގައި ކުރިން ރިސޯޓު ހިންގި އިރު ބޭނުންކުރި ދުވަސްވީ އިމާރާތެއްގަ އެވެ.
އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު 13:00 ހާއިރުކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި މީހަކަށް ގެއްލުން ވިކަން އެނގިފައެއް ނުވެ އެވެ.
ފަރުކޮޅުފުށި މިހާރު ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.
ނަފްސާނީ ތޫނުފިލިކަން އިތުރުކޮށް ބާރުވެރި މީހަކަށް ވާނީ ކިހިނެއް؟
ހިތަދޫން ވިޔަފާރީގެ ބޭނުމަށް 19 ބިމެއް ކުއްޔަށް ދޫކުރަނީ
އެމެރިކާއާއެކު އަލުން މަޝްވަރާކުރަން އަދި ނުނިންމަން: އީރާން