ބޮލީވުޑްގެ މަޝްހޫރު އާއިލާގެ ކާ މޭޒުމަތީގައި ހިނގާ ކަންކަން ދައްކުވައިދޭ ޑޮކިއުމެންޓްރީ ފިލްމު "ޑައިނިން ވިތު ދަ ކަޕޫރްސް"ގެ ފުރަތަމަ ޓްރެއިލާ އާއްމުކޮށްފި އެވެ.
މީގެ ދެ ދުވަހެއް ކުރިން ނެޓްފްލިކްސްއިން އާއްމުންނަށް ދޫކޮށްލި އެ ޓްރެއިލާގައި ކަޕޫރު އާއިލާގެ ތެރޭގައި ހިނގާ ކަންކަމަށް އަލިއަޅުވާލަ އެވެ.
އެގޮތުން ރަންބީރު ކަޕޫރު، ކަރިސްމާ ކަޕޫރު އަދި ސައިފް އަލީ ޚާން ފަދަ އެ އާއިލާއަށް ނިސްބަތްވާ ތަރިން އެކަކު އަނެކަކާ ސަލާމްކުރާ މަންޒަރުން ޓްރެއިލާ ފެށޭއިރު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި މަންޒަރު ބަދަލުވެ އެވެ.
އޭގެ ފަހުން ދެން ފެންނަނީ އާއިލާގެ މެމްބަރުންގެ މެދުގައި ދެކެވޭ ވާހަކަތަކެވެ. ހެއްވާ މަޖާ ސަމާސާ އެވެ. އާއިލާގައި ހިނގާ ކަންކަމުގެ ވާހަކަ ތަކެވެ.
ކޮންމެއަކަސް އެ ފިލްމުގެ ޓްރެއިލާއިން އެކަނި ވެސް ބޮލީވުޑްއަށް ލޯބިކުރާ ފަރާތްތަކަށް ޝައުގުވެރި ކަންތައްތަކެއް ފިލްމުން ގެނެސްދޭނެ ކަން އެނގިގެންދެ އެވެ.
މި ޑޮކިއުމެންޓްރީ ފިލްމަކީ ކަޕޫރު އާއިލާގެ އިސް މެމްބަރު ރާޖް ކަޕޫރުގެ 100 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނެޓްފްލިކްސްއާ ގުޅިގެން އުފައްދާ ފިލްމެކެވެ.
ހެލްތު އެކްސްޕޯގައި ޓްރީޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ
މި ތަންތަނުގައި ފޯނު ބާއްވައިގެން ނުވާނެ!
މުސާރަ ކުޑަކަމުން މުވައްޒަފުން ހަރުނުލާ: މީރާ