އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ މަންމާފުޅު ނަސީމާ އިބްރާހީމް އަވަހާރަވެއްޖެ އެވެ.
މުއުތަސިމްގެ ބޭބޭފުޅު މުހައްމަދު މުއިއްޒު އަދުނާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ 10:30 ގައި މަންމާފުޅު އަވަހާރަވެފައިވާ ކަމަށެވެ.
އަވަހާރަވިއިރު ނަސީމާ އިބްރާހިމްގެ އުމުރުފުޅަކީ 81 އަހަރެވެ.
ނަސީމާގޭ ފިރިކަލުން އަދި މުއުތަސިމްގެ ބައްޕާފުޅަކީ ރާއްޖޭގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު މަރުހޫމް ހުސައިން ސަލާހުއްދީންގެ ދަތިކަލެކެވެ.
އަދުނާނު ހުސައިނަކީ މީގެކުރިން ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ދަނޑުން ނުފައިބައި މައުސް މެޗް އެނަލިސްޓަކަށް!
ބީއެމްއެލްގެ ހައުސިން މަޝްރޫއަށް 710 ޔުނިޓް އިތުރުކުރަނީ
ކޭންގެ ރެކޯޑާއެކު ޕެނަމާ އަތުން މޮޅުވެއްޖެ
