އަންނަ ޖަނަވަރީ މަހުގެ އެކަކުން ފެށިގެން, ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފިއެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރަައީސް ވިދާޅުވީ ނަފްސާނީ ބައްޔަކީ ދިވެހިންގެ މެދުގައި ވަރަށް ކަންބޮޑުވާވަރަށް ބޮޑުވެފައި އޮތް މައްސަލައެއްކަމަށާއި، މިކަމަށް ކުރަންޖެހޭ ހަރަދު އާސަންދައިން މީގެ ކުރިން އެއްކޮށް ކަވާ ނުކުރާކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހަރަދެއް އާސަންދަ މެދުވެރިކޮށް ހަމަޖެހޭނެ ކަމަށެވެ.
"މިއަދާ ހަމަޔަށްވެސް ނަފްސާނީ ބައްޔަށްކުރާ ހޭދަ އާސަންދައިން އެއްކޮށް ކަވަރެއް ނުކޮށްދޭ.. މިއަދާ ހަމަޔަށްވެސް ނުލިބޭ. އަޅުގަނޑުމެން މިތިބީ އެކަމާ ވަރަށްބޮޑަށް ހައިރާންވެފައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށްކުރާ ހުރިހާ ހޭދައެއް އާސަންދައިން ކަވަރވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިޖުތިމާއީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނުކުޅެދޭ ކުދިންނަށް ވަޒީފާދިނުމާއި އިސް ރަށްވެހިންނަށް އިސްކަންދީގެން ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމެއްކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ނުކުޅެދޭ ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 333 މީހުންނަށް ވަޒީފާ ދީފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުން 280 މީހަކަށް ވަޒީފާ ދެވުނުއިރު، ސިވިލްސާވިސްގެ ތެރެއިން 45 މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ސަރުކާރުން ވަނީ، ނަފުސާނީ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިނެއް ފެބްރުއަރީ 21، 2024ގައި ގާއިމުކޮށްފައެވެ. އެ ހެލްޕްލައިންގެ ގޮތުގައި ގުޅާ ނަންބަރަކީ 1677އެވެ.
ނަފުސާނީ ބަލީގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް މިދިޔަ އޮކްޓޫބަރު ދޭއްގައި ވަނީ އިފުތިތާހުކޮށްފައެވެ.
ނަފުސާނީ ބަލީގެ ފަރުވާއަށް، އާސަންދައިގެ ތެރެއިން ވަކި މިންވަރެއް ހަމަޖެއްސުން 2020ގައި ފެށިއެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފުރަބަންދުވެ، ނަފުސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތައް އިތުރުވުމުންނެވެ.
ނުރައްކާތެރި އެކްސިޑެއްންޓެއް ހިނގައި 42 އުމްރާވެރިން މަރުވެއްޖެ
ކައުންޓާ ޓެރަރިޒަމް ކޯލިޝަންގެ މަތީ ފެންވަރުގެ ވޯކްޝޮޕެއް
ޝައިޚް ހަސީނާ މަރަން ހުކުމްކޮށްފި