ހޮލީވުޑްގެ މަޝްހޫރު ވެޓެރަން އެކްޓަރު ބްރޫސް ވިލިސްގެ މިހާރުގެ ސިއްހަތާ ބެހޭގޮތުން އޭނާގެ ދަރިފުޅު ރުމާ ވިލިސް ވާހަކަ ދައްކައިފި އެވެ.
އިންސްޓަގްރާމްގައި ބައްޕަގެ ހާލު ކިހިނެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރުމާ ވަނީ އޭނާގެ ބައްޕަގެ އެންމެ ފަހުގެ ސިއްހީ ހާލަތު ބަޔާން ކޮށްދީފަ އެވެ.
ރުމާ ބުނީ ޑިމެންޝިއާ ތަހައްމަލުކުރާ އެއްވެސް މީހެއްގެ ހާލު ހަގީގަތުގައި ރަނގަޅު ނުވާނެ ކަމަށާއި ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވެހެއް ކަމަށެވެ.
ރުމާ އިތުރަށް ބުނީ ބްރޫސްއަށް އޭނާއަކީ ކާކުކަން ނޭނގޭ ފަހަރު ވެސް ދާ ކަމަށާއި އެހެން ނަމަވެސް ބައްޕައާއެކު ވަގުތު ހޭދަކުރަން ލިބޭތީ އުފާވާ ކަމަށެވެ.
ރުމާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ ބްރޫސްގެ ދިރިއުޅުން މިހާރު ހުރި ގޮތުން އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެމުން އަންނަ ކަމަށް އޭނާގެ ހަގު އަނބި އެމާ ބުނެފައިވަނިކޮށެވެ.
މިހާރު އުމުރުން 70 އަހަރުގެ ބްރޫސްއަށް ޑިމެންޝިއާ ޖެހިފައިވާކަން އެނގުނު ހިސާބުން އޭނާގެ ކުރީގެ އަނބިމީހާ ޑެމީ މޫރްވަނީ ހޮލީވުޑުން ބްރޫސް ރިޓަޔާ ކުރިކަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ.
މާބަނޑުއިރު އިތުރުވި ބަރުދަން ލުއިކުރަން އެހީއެއް!
ލަންކާ ސިފައިން އަނެއްކާވެސް ޑްރަގް ބޯޓެއް އަތުލައިގެންފި
ދަންވަރު ބަނޑުހައިވަނީ ކޮން ބައެއް؟