ޖަސްޓިން ބެލްޑޯނީއާއި އެކު ކުރިއަށްދާ ގާނޫނީ ކޯޅުމުގެ ތެރެއިން ބްލޭކް ލައިވްލީއާއި އޭނާގެ ފިރިމީހާ ރަޔާން ރެނޯލްޑްސް ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އެ މީހުންނާ ގާތްު ފަރާތަކާ ހަވާލާދީ ހަބަރުތަކުން ބުނާ ގޮތުގައި ރަޔާންއާއި ބްލޭކް އަންނަނީ ކޯޓު އަޑުއެހުންތަކުގެ ތެރެއިން ވަގުތު ހޯދައިގެން ޗުއްޓީތަކަށް ދަމުންނެވެ.

އެގޮތުން އެ ދެމަފިރިން އެންމެ ގިނައިން ދަނީ ރަޔާން ހިއްސާވާ ފުޓުބޯޅަ ޓީމެއް ކަމަށްވާ ވްރެކްސްހަމްގެ ހޯމް ސިޓީއަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ޗުއްޓީތަކަކީ ކޯޓު މަރުހަލާތަކުގެ ތެރެއިން ހިތް ހަމަޖައްސާލައި ފިކުރުތަކުން އެކަހެރިވާން އެ ދެމަފިރިން ނަގާ ޗުއްޓީތަކެއް ކަމަށް ވެސް އެމީހުންނާ ގާތް ފަރާތްތަކުން ބުނެ އެވެ.

ހޮލީވުޑް ފިލްމު "އިޓް އެންޑްސް ވިތު އަސް"ގައި ޖަސްޓިން ބްލޭކްއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ބްލޭކް ކުރި ދައުވާ ޖަސްޓިން ކާމިޔާބުކޮށް އޭގެ ރައްދުގައި ޖަސްޓިންވަނީ ބްލޭކްއަށް އަބުރުގެ ދައުވާ ކޮށްފަ އެވެ.

އެ ދެމީހުންގެ ގާނޫނީ ކޯޅުމަކީ މިވަގުތު ހޮލީވުޑުގައި އެންމެ އަޑުގަދަ ކޮށް ދެކެވޭ އެއް ވާހަކަ އެވެ.