ޖިނާއީ ތަހުގީގަށް މީހުން ބަންދުކޮށްފައި ތިބޭ ކ. ދޫނިދުއިން 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ދޫނިދުއިން ކޮވިޑް ކޭސްތަކެއް ފެނުމުން ގާނޫނީ ވަކީލުން އެކަމަށް ސަމާލުވުމަށް ބާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ކ. ހިންމަފުށީ އައްސޭރި ޖަލާއި ކ. މާފުށީ ޖަލުން ވެސް ޕޮޒިޓިވް ކޭސްއެއް ވަނީ ފެނިފަ އެވެ.
ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅިގެން އެ ދެ ޖަލުގެ ހުރިހާ ގައިދީންނާއި އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ކޮވިޑަށް ޓެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ.
އައްސޭރި ޖަލާއި މާފުށީ ޖަލުން ކޮވިޑް ކޭސްއެއް ފެނުނަސް މާލޭ ޖަލުން ކޮވިޑް ކޭސްއެއް ފެނިފައިވާކަން މިހާތަނަށް އެނިފައެއް ނުވެ އެވެ.
ޑްރަގާއި އެކު 4 މީހުން ހައްޔަރުކޮށްފި
އާ ޓާމިނަލް އިން އެމިރޭޓްސް އަށް ހިދުމަތް ދޭން ފަށައިފި
"އެކޯސް އޮފް ދަ ޓައިޑްސް"އާއެކު ދިވެހި ތާރީހުގެ ތެރެއަށް!
