ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގައި ކުރަން ބޭނުންވާ ސުވާލު ނުވަތަ ޚިޔާލު ކުރިން ހުށަހަޅަންޖެހޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަނީ ހަގީގަތާ ހިލާފު ދޮގު ވާހަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
"މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ" ހީނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ރައީސް މުހައްމަދު މުއިއްޒު މި ހަފްތާގައި މާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވަވަމުން ގެންދަވާ ބައްދަލުވުންތަކުގައި އެކި އަވަށްތަކުން ސުވާލާއި ޚިޔާލު ހުށަހެޅުމަށް އެއްބަޔަކު ފެންނަމުން ދިއުމާއި ބައެއް މީހުނަށް ސުވާލުކުރަން ފުރުސަތު ނުދޭކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
ވިއްސާރައިރު ބަލިތަކުން ރައްކާތެރިވާން އެހީއެއް!
މޭޒުދޮށު ވަޒީފާއެއްގައި އުޅޭނަމަ މިކަންކަމަށް ސަމާލުވޭ!
ދީޕިކާގެ ސްކިން ކެއާ ބްރޭންޑަށް މާލީ ބޮޑު ގެއްލުމެއް!