ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ހުންނަވަނިކޮށް އަނިޔާކޮށް އަވަހާރަކޮށްލާފައިވާކަމުގެ ސިއްރު ރިޕޯޓުތަކެއް ފެންމަތިވެ، އޭނާ އަވަހާރަވެއްޖެ ކަމަށް ވާހަތައް ދެކެވެން ފެށީ ބުރާސްފަތި ދުވަހު އެވެ.
ބަލޫޗިސްތާނުގެ ހާރިޖީ ވުޒާރާ އާއި ޕާކިސްތާނުގެ ބައެއް ނޫސްތަކުން އިމްރާން ހާން އަވަހާރަކޮށްލި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށް ސޯޝަލް މީޑިއާގައި އަޑުތައް ފެތުރިފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ޖަލުގައި އަނިޔާކޮށް އިމްރާން އަވަހާރަކޮށްލި ކަމަށް ބުނެ ފެތުރުމެން ދިޔަ ވާހަތައް ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގެ އޮފިޝަލުން ވަނީ ދޮގުކޮށްފަ އެވެ.
އިމްރާން އަވަހާރަކޮށްލި ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފެތުރެމުން ދަނީ ދޮގު މައުލޫމާތުތަކެއް ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް އަނެއްކާ ވެސް އިމްރާން އަވަހާރަކޮށްލާފައިވާ ކަމަށް ގަބޫލުކުރަން ބާރުލިބޭ ބައެއް ހެކިތައް ހުރިކަމަށް ބުނެ މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ. އެގޮތުން އިމްރާން އަވަހާރަކޮށް ނުލާކަމަށް ބުނެ ދެކެވޭ ވާހަތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެގޮތުން ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އިމްރާން އަވަހާރަކޮށް ނުލާކަމަށް ޖަލުގެ އޮފިޝަލުން ބުނާ ބުނުމަށް އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ. އިމްރާން ހުރީ ގަދަވެ ސަލާމަތުން ހެޔޮހާލުގައި ކަމަށް ބުނި ނަމަވެސް އެކަން މިހާތަނަށް ސާބިތުކޮށްދީފައެއް ނުވެ އެވެ.
ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިމްރާން އަވަހާރަކޮށްލާފައި ނުވާ ނަމަ، ނުވަތަ އޭނާ ގަދަވެ ސަލާމަތުން ހުރިނަމަ އެކަން ސާބިތުކޮށް ދޭން ޖެހެ އެވެ. އިމްރާން ހައްޔަރުކޮށްފައިވާ ރާވަލްޕިންޑީގެ އަދިޔާލާ ޖަލުން އިމްރާންގެ އާއިލާއަށް ވެސް އޭނާ ދެއްކުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
"އިމްރާން އަވަހާރަކޮށްލާފައިވާ ކަމަށް ބުނެ ވާހަކަތައް ފެތުރުނު ފަހުން އޭނާގެ ޚަބަރެއް ނުވޭ. އިމްރާން އަވަހާރަ ނުވާކަން ޔަގީން ކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް. އެ މީހުންނަށް އިމްރާންގެ އާއިލާއަށް އޭނާއާ ބައްދަލު ވެސް ކުރިޔަ ނުދިން. އިމްރާން ދެކިލަން ބޭނުންވާ މީހުންނަށް އެކަން ވެސް ނުވި. ހަގީގަތުގައި ވެސް އިމްރާން ދުނިޔޭގައި ހުރިކަމާ މެދު ސުވާލު އުފެދޭ،" އިމްރާންގެ ސަޕޯޓަރަކާއި ހަވާލާދީ ޕާކިސްތާނުގެ މީޑިއާ ރިޕޯޓުގައި ބުނެފައިވެ އެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޖަލުން އިމްރާން އަވަހާރަކޮށްލި ކަމަށް ބުނެ ދެކެވެނީ ހަގީގީ ވާހަތަކެކެވެ. ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގެ އޮފިޝަލުންނަށް އިމްރާން ދިރިހުރިކަން ހާމަކޮށް ނުދެވިގެން އުޅެނީ އެހެންވެ އެވެ.
ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގައި އިމްރާން ހާން ހުންނަވަނިކޮށް އަވަހާރަކޮށްލި ކަމުގެ ރިޕޯޓުތައް ޕާކިސްތާނުގެ ސޯޝަލްމީޑިއާ އާއި ބައެއް އަފްޣާން މީޑިއާގައި އަދި ވެސް ދަނީ ފެތުރެމުންނެވެ. ބަލޫޗިސްތާނުގެ ޚާރިޖީ ވުޒާރާގެ އެކައުންޓަކުން ވެސް މި ތުހުމަތުތައް ކުރަމުން އަންނައިރު، ޕަންޖާބުގެ ޖަލުތަކުގެ ތެރެއިން ލިބުނު މައުލޫމާތުތަކަށް ބުނެފައި ވަނީ އިމްރާން ހާން އަވަހާރަކޮށްލީ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު އާއި އޭނާގެ އައިއެސްއައި އިދާރާއިން ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން އިމްރާން ހާން އަވަހާރަވި ހަބަރު ލިބުމާއެކު އޭނާގެ އާއިލާއިން ޖަލަށް ޒިޔާރަތްކުރަން މަސައްކަތްކުރިއިރު، ފުލުހުންގެ ބާރުގެ ބޭނުންކޮށް ހަމަލާދިން ކަމަށް ވެސް އެ މީހުން ވަނީ ތުހުމަތުކޮށްފަ އެވެ.
އިމްރާން ޚާން، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގައި ބަންދުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން ދޫކުރުމަށްފަހު އަނެއްކާވެސް އޭނާ ޖަލުގައި ވަނީ ބަންދުކޮށްފަ އެވެ.
ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ
"ރަޝް އަވާ 4"ގެ މަސައްކަތް ފަށަނީ!
"ހޯމް އެލޯން"ގެ ސީކުއަލްއެއް؟