10 އަހަރަށްފަހު ބޮލީވުޑްގެ ކާމިޔާބު ޖޯޑެއް ކަމަށްވާ ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން އެކުގައި ފިލްމަކުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ރަންބީރުއާއި ދީޕިކާ އެކުގައި ފެނިގެންދާނީ އާރްކޭ ސްޓޫޑިއޯސްއިން ޕްރޮޑިއުސްކޮށް އަޔާން މުކަރްޖީ ޑައިރެކްޓްކުރާ ފިލްމަކުންނެވެ.
އެ ފިލްމަކީ ރަންބީރުގެ ކާފަ ރާޖް ކަޕޫރުއާއި ނަރްގިސްގެ ކާމިޔާބުި ފިލްމެއް ކަމަށްވާ "ޗޯރީ ޗޯރީ"ގެ ރީމޭކްއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރަންބީރުއާއި ދީޕިކާ މީގެ ކުރިން އެކުގައި ތިން ފިލްމަކުން ފެނިގެން ގޮސްފައިވެ އެވެ. އެއީ "ބަޗްނާ އޭ ހަސީނޯ"، "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ތާމާޝާ" އެވެ.
އެ ދެމީހުންގެ ޖޯޑަކީ އާއްމުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ބޮލީވުޑް ޖޯޑަށް ވާއިރު އެ ދެމީހުން އެކުގައި ފެނިލުމަކަށް ގިނަ ބަޔަކު އިންތިޒާރު ވެސް ކުރެ އެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ އެ ދެމީހުންނަކީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން ވެސް އުޅުނު ދެ ތަރިން ކަމެވެ. އެހެން ނަމަވެސް ދެ މީހުން ވެސް މިހާރު އުޅެނީ އެހެން މީހުންނާ ކައިވެނި ކޮށްގެންނެވެ.
ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސްކޫލްތަކުގެ ރަސްމީ ޔުނިފޯމަށް ބޮޑު ބަދަލެއް ގެންނަނީ
ވިލާ ގްރޫޕުން ލަންކާއަށް އެހީވުމަށް 100،000 ޑޮލަރު ހަދިޔާކޮށްފި