ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ 58 ދާއިރާއެއްގައި ކުރިއަށް ގެންދާނެކަން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޕާޓީން ބުނެފި އެވެ.
އެމްޑީޕީން ބުނީ 1 ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ހުށައަޅާފައިވަނީ 58 ދާއިރާއަކުން ކަމަށެވެ. އެހެންކަމުން އެ ދާއިރާތަކަށް ޕްރައިމަރީ ބާއްވާނެ ކަމަށާއި 30 އަށް ވުރެ ގިނަ ރަށުގައި ވޯޓު ފޮށި ހުންނާނެ ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީގައި 24،216 މީހަކަށް ވޯޓުލުމުގެ ހަައްގު ލިބެ އެވެ.
ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުން އެކަމަށް އެދި ޝައުޤުވެރިކަން ފާޅުކުރުމަށް އެމްޑީޕީން ހުޅުވާލީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގައި ދަފުތަރު ވެފައިވާ މެންބަރުންނަށެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ވަކި ދުވަހެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން އެމްޑީޕީގައި 43،765 މެންބަރުން އެބަ ތިއްބެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހު އެވެ.
ހިޔާ ޓަވަރެއްގައި ހަށިވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
ރިވިއު: ޑާކްރެއިންގެ "އަލްވަދާއު"އިން ހިތްތައް ރޮއްވާލައިފި
ވިޓަމިން ސީ: ކުރިން ނޭނގޭ ދެތިން ކަމެއް!