ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯއާއި މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ކޮށްދީފި އެވެ.
އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ނުސީދާ ގޮތެއްގައި ޖަސްޓިން ޔަގީން ކޮށްދީފައިވަނީ އޭނާގެ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއްގަ އެވެ.
އެގޮތުން ދާދި ފަހުން ޖަޕާނުގެ ޚާރިޖީ ބޭފުޅުންތަކަކާއެކު ބޭއްވި ބައްދަލުވުމެއްގައި ޖަސްޓިންއާއެކު ކޭޓީ ބައިވެރިވިއިރު އެ ބައްދަލުވުމަށްފަހު ޖަޕާނުގެ ބޭފުޅުން ވަނީ އެ ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
އެ ޕޯސްޓް ޝެއާ ކުރަމުން ޖަސްޓިން ބުނެފައިވަނީ އެ ބޭފުޅުންނާ ބައްދަލުވީތީ އޭނާއާއި ކޭޓީ އުފާކުރާ ކަމަށާއި ލިބުނު މެހެމާންދާރީއަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޖަސްޓިންއާއި ކޭޓީގެ ގުޅުން ޔަގީން ވެފައި މިވަނީ އެކުގައި ބޭރުތެރެއިން ފެންނާތީ އެމީހުން އުޅެނީ ރައްޓެެހިވެގެން ކަމަށް މީޑިއާގައި އަޑު ފެތުރެމުންދާ ދަނޑިވަޅެއްގަ އެވެ.
ޖަސްޓިންއާއި ކޭޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ވެފައިވާއިރު ކޭޓީއާއި އޭނާގެ ކުރީގެ ލޯބިވެރިޔާގެ އެންގޭޖްމަންޓް ނިމުމަކަށް އައީ މިއަހަރުގެ ޖުލައި މަހު އެވެ.
ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ނިންމައިފި
ސަރުކާރުގެ ކުންފުނިތަކަށް ރިސޯޓް ހެދޭގޮތް ހަމަޖައްސައިފި
ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް ފުލުހުން އަތުލައިގެންފި