ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީއަކީ އޭނާގެ ދިރިއުޅުމުގެ ކަންކަން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މީޑިއާއާ ހިއްސާކުރާ ފަރާތެކެވެ. އެއީ އޭނާގެ ޒާތީ ހަޔާތާއި ދަރިންގެ ވާހަކަތައް ކަމަށް ވިޔަސްމެ އެވެ.
އެގޮތުން އޭނާގެ ދަރިފުޅު ޝިލޮހް ޕިޓް އެންމެ ބޭނުންވާ ކަންތައް އޭނާއަށް ނުކޮށްދެވޭ ކަމަށް އެންޖެލީނާ ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފަ އެވެ.
އަހަރުތަކަކަށްފަހު ޓީވީ ލައިވްއަކަށް ދިން އެންމެ ފުރަތަމަ އިންޓަވިއުގައި އެންޖެލީނާ ބުނީ މިވަގުތު ޝިލޮހް ބޭނުންވަނީ އާއްމު ލޯތަކުން ދުރުވެ "ޕްރައިވަސީ" ލިބޭ ދިރިއުޅުމެއް އުޅެން ކަމަށެވެ.
އެހެން ނަމަވެސް އެ އާއިލާގެ މަޝްހޫރު ކަމާއެކު އެއީ ކުރަން އުނދަގޫ ކަމެއް ކަމަށާއި އެހެން ކަމުން ޝިލޮހް އެންމެ ބޭނުންވާ ކަންތައް ނުކޮށްދެވޭ ކަމަށް އެންޖެލީނާ ބުންޏެވެ.
އެ އިންޓަވިއުގައި އެންޖެލީނާ ވަނީ އޭނާގެ އަމިއްލަ ދިިރިއުޅުމާއި ފިލްމީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފަ އެވެ.
އެގޮތުން ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއެކު އޭނާ ހިއްސާކުރާ ހަ ކުދިންގެ މުސްތަގްބަލާއި ހުވަފެންތަކަށް އެންޖެލީނާ އަލި އަޅުވާލާފައިވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު 2011 ވަނަ އަހަރު ޑައިރެކްޝަނަށް ނުކުތް އެންޖެލީނާ މިހާތަނަށް ހަތް ފިލްމު ޑައިރެކްޓް ކޮށްފައިވެ އެވެ.
500 އަށް ވުރެ ގިނަ ވޭޕް ސާމާނު ރޭ އަތުލިން: ފުލުހުން
މާވެލްގެ "އެވެންޖާސް: އެންޑްގޭމް" ސިނަމާތަކަށް އަންނަނީ!
ސޯނަމް އިނީ ދެވަނަ ދަރިފުޅަށް ބަލިވެ!