ކުއްލިގޮތަކަށް ސްކޫލް ކުދިންގެ ޔުނީފޯމް ބަދަލުކުރަން އެންގުމަކީ މާލީގޮތުން ދިވެހި އާއިލާތަކަށް އޮތް ބުރައަކަށްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާއިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރުޚަރަދުތަކެއް ކޮށް ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުސޫލު އެކުލަވާލުމުން ކަންބޮޑުވާ ކަމަށެވެ.
މިބަދަލުގެނައުމުގައި ބެލެނިވެރިންގެ ހިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީޙައިސިއްޔަތުން ބެލެނިވެރިންނާ ޙިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށްވަނީ އުފެދިފައެވެ.،" ޝާހިދު ވިދާޅުވި އެވެ.
މިކަމާގުޅިގެން މިނިސްޓްރިގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެވޭތީ މިކަމުގައި ސާފު މަގްސަދެއް އޮތްކަމަށް ގަބޫލުކުރަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބާބީ 2"ގެ ކުރިމަގު ނޭނގުމެއްގެ ތެރޭގައި!
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ
