ހޮލީވުޑްގެ އަރަމުން އަންނަ ޒުވާން ތަރި ސިޑްނީ ސްވީނީ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް އޭނާ އެންމެ ފަހުން ދޮގު ކޮށްފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސިޑްނީ ވަނީ އޭނާގެ ބުރުސޫރައާ ބެހޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތް ކިޔައިދީފަ އެވެ.
އެ އިންޓަވިއުގެ ތެރެއިން ޕްލާސްޓިކް ސާޖަރީ ހެދިންތޯ ސުވާލު ކުރެވުމުން ސިޑްނީ ވަނީ އެއްވެސް ފަސްޖެހުމެއް ނެތި "ދުވަހަކު ވެސް ނުކުރަން" ކަމަށް ބުނެފަ އެވެ.
"އަހަރެން "ކަށި" ދެކެ ބިރު ގަންނަ ވަރު ބުނެދޭކަށް ވެސް ނޭނގޭ" ސާޖަރީތަކުގައި އާއްމުކޮށް ބޭނުންކުރާ އާލާތަކަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
ސިޑްނީ އިތުރަށް ބުނީ އޭނާ އެފަދަ ކަމެއް ކުރި ނަމަ އޭނާގެ މޫނަކީ ފުރިހަމަ މޫނަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް މިހާރު ވެސް އޭނާގެ މޫނުގެ ދެފަރާތް ދެވަރު ކަމަށެވެ.
މިހާރު އުމުރުން 28 އަހަރުގެ ސިޑްނީއަކީ އޭނާގެ ފުރާވަރު އުމުރުން ފެށިގެން މުނިފޫހި ފިލުވުމުގެ ދާއިރާގައި އުޅޭ އެކްޓަރަކަށް ވާއިރު އޭރުން ފެށިގެން ވެސް އޭނާ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް އަޑުތައް ފެތުރެމުންދެ އެވެ.
އޮރިޖިނަލް ކާސްޓުންނާއެކު "ތުރީ އިޑިއަޓްސް 2" ފަށަނީ!
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
މެމްބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ދެވޭނެ ހަމައެއް ނެތް