މަސްވެރިކަމުގެ ދާއިރާއިން ކުރަންޖެހޭ ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަަރައިގެން ދާނެ ގޮތަކަށް ވިސްނައިގެން ކުރަންޖެހޭ ކަންކަމަށް ވާތީ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި މަސްވެރިންނާ ބައްދަލުކުރައްވައި ރައީސް މިއަދު ވިދާޅުވީ ބައެއް ކަންކަން ކުރެވެން އަންނަނީ ރާއްޖޭގެ އިގުތިިސާދު އެ ކަމަކަށް ފައްކާވުމުން ކަމަށެވެ. ބޭރުގެ ބައެއް ލޯނުތަކާއި އެހީތަކާ ގުޅޭ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށާއި އެ ކަންކަން ފުރިހަމަ ކުރަން ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ ސަރުކާރުން ވެސް ވަކި ކަމެއް ގޯސްކޮށް ކޮށްގެންނެއް ވެސް ނޫން. އަޅާނުލައިގެނެއް ވެސް ނޫން. އަދި އެ ފަރާތްތަކުން ކަމެއް ގޯސްކޮށް ކޮށްގެންނެެއް ވެސް ނޫން. އަޅާނުލައިގެނެއް ވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސް އިން، ވަކި މަސްވެރިކަމުގެ އިންޑަސްޓްރީގައިވާ ގޮތެއް ވެސް ނޫން. ބޭރުގެ އެހީތަކާ ގުޅިފައި ހުންނަ ކަންކަމަކީ ބޭރުގެ ލޯނުތަކާއި އެ އޮންނަ ޕްރޮސީޖާއަކުން އެ ފަރާތްތަކުން ސްޓެޕްބައި ސްޓެޕް ކުރިއަށް ގެންދިޔައީމާ ނިމޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.
މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހާ ކުރިއަށް ގެންދިއުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ، މިރޭ ކުރިއަށްގެންދަވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އުފާވެރި ޚަބަރުތަކެއް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އިހްލާސްތެރިކަމާއެކު އަދާކޮށްދެއްވާނެ ކަންތައްތަކެއްކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތް، ހަގީގީ މާނާގައި ކުރިއަރާދިއުމަކީ ބޭނުންފުޅުވާ ގޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މަސްވެރިންނާ ބައްދަލުކުރެއްވުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދެވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، އެކިއެކި މުއައްސަސާތުގެ އިސްވެރިންނާއި، ސިނާޢަތުގައި އެކި ގޮތްގޮތުން ޝާމިލުވެވަޑައިގަންނަވާ ގިނަ ޢަދަދެއްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.
ޗުއްޓީގައި ހެދުން އަޅާއިރު ސަމާލުވާންވީ ދެތިން ކަމެއް!
މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި
ވީކެންޑްއާއި އެންޖެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތަ؟
