ވެނެޒުއެލާއިން ތެޔޮ ބޭރުކުރާ ޓޭންކަރުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އެއް ޕަސެންޓް އުފުލިއްޖެ އެވެ.
ޓްރަމްޕް އެންމެ ފަހުން އަޅުއްވާފައިވާ ފިޔަވަޅަކީ، ވެނެޒުއެލާގެ ދައުލަތުގެ ތެޔޮ ކުންފުންޏާ އެކު ވިޔަފާރީގެ މުއާމަލާތު ހިންގާ ތެޔޮ ޓޭންކަރުތަކަށް ހުރަސް އެޅުމަށް އަމުރު ކުރެއްވުމެވެ.
ޓްރަމްޕްގެ އެ އަމުރާ އެކު، އެމެރިކާއިން ފާހަގަ ކޮށްފައިވާ ތެޔޮ ޓޭންކަރުތަކަށް ވެނެޒުއެލާގައި ބަނދަރު ކުރުމާއި، އެ ގައުމުން ބޭރަށް ދަތުރު ކުރުމަށް ހުރަސް އަޅާނެ އެވެ. ނަމަވެސް، އެ ކަން ކުރާނީ އެމެރިކާގެ ކޯސްޓުގާޑް ކަން ނުވަތަ އަސްކަރިއްޔާ ކަން ސާފެއް ނޫނެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގައި ބައިވެރިވާ ކުންފުނިތަކާއި ތެޔޮ ޓޭންކަރުތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާއިން އެކުލަވައިލާފައިވާ ބޭރުގެ ނިރުބަވެރި ޖަމާއަތްތަކުގެ ލިސްޓުގައި ވެނެޒުއެލާގައި ވެރިކަން ކުރާ ސަރުކާރު ހިމަނާފަ އެވެ.
މި ނިންމުންތަކާ އެކު، ދުވާލަކު 400,000 އާއި 500,000 އާ ދެމެދުގެ އަދަދެއްގެ ތެޔޮ ފީފާއަށް އަސަރު ކުރާނެ ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގަށް ގާތްގަނޑަކަށް ދެ ޑޮލަރު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތަކަށް ވަނީ ލޮޅުން އަރާފަ އެވެ. މި ގޮތުން، ބްރެންޓް ކްރޫޑްގެ އަގު ވަނީ 0.70 އެމެރިކާ ޑޮލަރު ނުވަތަ 1.2 ޕަސެންޓް މައްޗަށް ޖެހިލައިފަ އެވެ.
މި ވަގުތު ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 59.62 ޑޮލަރުގަ އެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު ވެސް ވަނީ 1.3 ޕަސެންޓް ނުވަތަ 0.73 ޑޮލަރުން އުފުލިފަ އެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ތެޔޮ ފީފާއެއްގެ އަގު މި ވަގުތު ހުރީ 56 ޑޮލަރުގަ އެވެ.
ވެނެޒުއެލާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ޓްރަމްޕް ނިންމަވާފައި މި ވަނީ، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އުފުލެމުން ދިޔަ ތެލުގެ އަގުތައް ކޮންމެ ވެސް ވަރަކަށް ހަމަޖެހިލާފައިވާ ދަނޑިވަޅެއްގަ އެވެ.
އެމާގެ މި ހެދުން ހާއްސަވާ ސަބަބު ވަރަށް ތަފާތު!
މި ބާވަތްތައް އައިސް އަލަމާރިއަށް ލައިގެން ނުވާނެ!
ކެލާ ކައިރިން ލަންކާގެ ދެ މަސް ބޯޓު އަތުލައިގެންފި