ގަސް ހެއްދުމަކީ ގިނަ ބަޔަކު ވަރަށް ކުރާ ހިތުން ކުރާ ކަމަކަށް ވާއިރު ގޭތެރޭގައި ގަސް ހެއްދުމުގެ ސަގާފަތެއް ވެސް އަހަރުމެންގެ ތެރޭގައި ވަނީ އުފެދިފަ އެވެ.
މިއީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގިނަ ފައިދާތަކެއް އެކުލެވޭ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ގޭތެރެއަށް އާރޯކަމާއި ތާޒާކަން ގެނެސްދޭ ފަސް ބާވަތެއްގެ ގަހަށެވެ.
ލަކީ ބޭމްބޫ
ލަކީ ބޭމްބޫއަކީ ގޭތެރޭގެ މާހައުލަށް "ޕޮޒިޓިވް ވައިބްސް" ގެނެސްދީ ގޭތެރެއަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ގަހެކެވެ. މިއީ އާއްމުކޮށް ފެންނަން ހުންނަ އިންޑޯ ގަހެކެވެ.
ސްނޭކް ޕްލާންޓް
ގިނަ ގޭގެއިން މިހާރު ވެސް ފެންނަ މި ގަހަކީ ގޭތެރޭގެ ވައި ސާފު ކޮށްދީ އޮކްސިޖަން އިތުރު ކޮށްދިނުމަށް ރެއާދުވާލު މަސައްކަތް ކޮށްދޭ ގަހެކެވެ.
ޖޭޑް ޕްލާންޓް
ޖޭޑް ޕްލާންޓަކީ ނަސީބާއި ރަނގަޅު ކަންކަމާއި ގުޅިފައިވާ ގަހެއް ކަމަށް ގަބޫލު ކުރެވެ އެވެ. މި ގަހުން ވެސް ގޭތެރެއަށް ހިތްހަމަ ޖެހުން ގެނެސްދެ އެވެ.
ޕޮތޯސް
ޕޮތޯސްގެ ފެހި ފަތްތަކުން ގޭތެރޭގެ ވައި ސާފު ކޮށްދިނުމާއެކު ތާޒާކަމާއި އާރޯކަން ގެނުވައިދެ އެވެ. މިއީ ވެސް ގިނަ ގޭގެއިން މިހާރުވެސް ފެންނަ ގަހެކެވެ.
ޕީސް ލިލީ
ޕީސް ލިލީއަކީ ގޭތެރޭގެ މާހައުލުގައި ހުންނަ ނުތަނަވަސްކަމާއި ނުރަނގަޅު "ވައިބްސް" ފިލުވައިދޭ ގަހެއް ކަމަށް ބުނެވެ އެވެ. އެއާއެކު އެ ގަހުން ގޭތެރޭގައި އަމާންކަން ފަތުރުވާލަ އެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
ރިތިކްއާއި އޭނާގެ ދެ ދަރިންގެ ހުށައެޅުމަށް ބޮޑު ސަމާލުކަމެއް!
މީޑިއާތަކަށް ފައިސާ ދޭ އުސޫލު ބަދަލުކޮށް އާންމުކޮށްފި