މި ސަރުކާރުން 400 މިލިއަން ޑޮލަރަށް އަމާޒުހިފައިގެން ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނީ 18.3 މިލިއަން ޑޮލަރު ނުވަތަ 282 މިލިއަން ރުދިޔާ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަނަކަރިން ހިދުމަތް މި ސަރުކާރުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެ ހިދުމަތް ފެށީ 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވަނީ ބަންކަރިން ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ ބައެއް ހިސާބުތައް ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، މިހާތަނަށް ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެއީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ގައި މަޖިލީހުގައި ހުންނަވާ ސައީދު ދެއްވި އަދަދުތަކާ ބަލާއިރު ބޮޑު އިތުރުވުމެކެވެ.
އެ ދުވަހު ސައީދު ވިދާޅުވީ، އެހާތަނަށް ބަންކަރިން ޚިދުމަތުން ލިބުނީ 192 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަމަށެވެ. އެއީ، 12 މިލިއަން ޑޮލަރެވެ. އަދި، ޓެކުހުގެ ގޮތުގައި ލިބުނު ކަމަށް އެ ދުވަހު ވިދާޅުވީ، 17 މިލިއަން ރުފިޔާއެވެ. އެހެންވެ، އޭރާއި ބަލާއިރު ބަންކަރިން ޚިދުމަތުން ލިބުނު އާމްދަނީ 90 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.
ސައީދު ވިދާޅުވީ، މި ޚިދުމަތުގެ ތެރެއިން ބަންކާކުރި ތަކެތީގެ 76 އިންސައްތައަކީ މުޅިން އަލަށް ރާއްޖެ ގެނެސްގެން ބަންކާކޮށްފައި ހުރި އުފެއްދުންތައް ކަމަށެވެ. އެހެންވެ، އެ މަޝްރޫއުގެ މުސްތަގުބަލެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބަންކަރިން މަޝްރޫއު ފެށީ އެ މަޝްރޫއުން އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައެވެ. އެކަމަކު، ލިބުނު އާމްދަނީއާއި އަޅާބަލާއިރު އެ އަދަދާ ކައިރި ވެސް ނުކުރެ އެވެ.
ބަންކަރިން ހިދުމަތް ފޯރުކޮށްދޭން އެސްޓީއޯއިން ފެށީ ނެދަލޭންޑްސްގެ ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ.
ބަންކަރިން ހިދުމަތުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ސައީދު ހިސާބު ޖެއްސެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭރު ވެސް އެ އަދަދުތަކަށް ފާޑުވިދާޅުވިއެވެ. އެގޮތުން، ސެޕްޓެންބަރު 2024 ގައި ޔާމީން ވަނީ ބަންކަރިންއިން ލިބޭނީ ބާދަގަނޑު ކަމަށް ވިދާޅުވެފަ އެވެ.
މާ ގިނައިން ވައިގެ އުނދަގޫތައް ކުރިމަތިވާނަމަ އެއީ ނުރައްކަލެއް!
ރިޓަޔަވާ ފަހުން މަގާމަށް ހަމަޖައްސާ ފުލުހުންގެ އެލަވަންސް ކަނޑަނީ
އެސްއެމްއީ ޑިޖިޓަލްއިން"ވެސަލް ފައިނޭންސިން" ތައާރަފްކޮށްފި