ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ ހިދުމަތްތައް މުޅިން ފުރިހަމަ ނުވިޔަސް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
ހާއްސަ ހަފުލާއަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތާ ދިމާކޮށް ޖުލައި 26 ގަ އެވެ. އެ ޓާމިނަލް ހުޅުވި ނަމަވެސް މިހާތަނަށް އައިއިރު ހިދުމަތްތައް ފުރިހަމަވެފައި ނެތުމުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. ހާއްސަކޮށް އެފްއެންބީ އައުޓްލެޓްތައް މަދުވުމުން ގިނަ ބަޔަކު ކިޔޫގައި ޖެހިގެން ހިދުމަތް ހޯދަން އެތައް އިރެއްވަންދެން ތިބެން ޖެހުމުމުގެ ޝަކުވާ ކުރެ އެވެ. އޭގެ އިތުރުން މިހާތަނަށް އެ ޓާމިނަލްގައި ހުޅުވީ އެންމެ ލައުންޖެކެވެ.
އެމްއޭސީއެލް އިން ބުނީ ޓާމިނަލް 1 އިން މިހާރު ދަނީ 41 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އަދި މިހާތަނަށް 600,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް, ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް އެމްއޭސީއެލް އިން މިއަދު ވަނީ ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު އެވެ.
މި ހަފުލާގައި ޓާމިނަލް 1 އަށް ހުރިހާ އެއާލައިނެއް ބަދަލުކޮށް ހިދުމަތް ދޭން ފެށުމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވަނީ ފަޅައިފަ އެވެ.
ހަފުލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވަނީ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލްގެ މުވައްޒަފުން ކުރި ބުރަ އަދި ބޮޑު މަސައްކަތް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން އެމްއޭސީއެލްގެ މުވައްޒަފުން, އެ މުވައްޒަފުންގެ އާއިލާއާ ދުރުގައި އެތައް ގަޑިއިރެއް ހޭދަކުރި އިރު, އެމްއޭސީއެލްގެ މުވައްޒަފުން މަސައްކަތް ކުރީ އަމިއްލަ ނަފުސު އެއްފަރާތްކޮށް, އެމްއޭސީއެލް ވަންތަވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއީއޯ ޝަރީފު އިތުރަށް ވިދާޅުވީ ޓާމިނަލް 1 ހުޅުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ގައުމަށާއި އެމްއޭސީއެލްއަށް ކޮށްދިން ކަމެއް ކަމަށާއި އެހެންކަމުން އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އަދި މުވައްޒަފުންގެ އަމާޒަކަށް ވާންވީ ގުޅިގެން މަސައްކަތްކޮށް, ކުންފުނި އާ އުސްމިންތަކަކަށް ގެންގޮސް މިއަހަރަށް ވުރެ ކާމިޔާބު އަހަރަކަށް އަންނަ އަހަރު ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނުގެ ބޮޑު ބަޔަކަށް މިއަދު މޫސުން ގޯސް
އޫކްލާ އެވޯޑްސްއިން ދިރާގުގެ 5ޖީ ހިދުމަތައް 3 އެވޯޑް
ގޭގައި ފޭސްޕެކް ހަދާނަމަ މިކަންކަމަށް ސަމާލުވޭ!