އެމެރިކާއިން ހަމަލާދީ އިއްޔެ ހިފި ވެނެޒުއޭލާ ދެން ހިންގާނީ އެމެރިކާއިން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ހަމަލާދޭނެކަމުގެ އެތައް އިންޒާރަކަށްފަހު އިއްޔެ އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދިނުމަށްފަހު އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރޭސް ހައްޔަރުކޮށްގެން ވަނީ އެމެރިކާއަށް ގެންގޮސްފަ އެވެ.
ވެނެޒުއޭލާއަށް ދިން ހަމަލާއާ ގުޅޭގޮތުން ރޭ ޓްރަމްޕް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ވެނެޒުއޭލާގައި އަމާންކަމާއެކު ވެރިކަން ބަދަލުވަންދެން އެ ގައުމުގެ ކަންކަން ހިންގާނީ އެމެރިކާ އިން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ އެ ގައުމުގެ ތެލުގެ ސިނާއަތުގައި އެމެރިކާގެ ވަރުގަދަ ބައިވެރިވުމެއް އޮންނާނެ ކަމަށެވެ.
ވެނެޒުއޭލާގެ ރައީސް މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާގެ މިލިޓަރީ މަތިންދާ ބޯޓެއްގައި ނިއުޔޯކަށް ގެންދާ މަންޒަރު ޓްރަމްޕް ވަނީ ދައްކަވާފަ އެވެ. މިހާރު ނިއު ޔޯކްގައި ހުންނެވި މަދޫރޯގެ މައްޗަށް ދައުވާ އުފުލާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި އެވެ. މަދޫރޯގެ އަނބިކަނބަލުން ވެސް ހައްޔަރުކޮށްގެން ގެންނެވި ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް އެކަމަނާ ބޯޓުން ފޭބިތަން ނުފެންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އެމެރިކާއިން ވެނެޒުއޭލާ ހިންގުމުގެ މާނައަކީ އެ ގައުމުގެ ބިމަށް އެމެރިކާގެ ސިފައިން ފޮނުވުންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެ ގައުމަށް އެމެރިކާގެ ސިފައިން ފޮނުވަން އެމެރިކާ ޖެހިލުން ނުވާ ކަމަށާއި، ރޭގެ ވަގުތެއްގައި ވެސް އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއޭލާގައި ވަނީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށެވެ.
ވެނެޒުއޭލާ ހިންގާނެ ގޮތުގެ މާބޮޑު ތަފްސީލެއް ރޭ ޓްރަމްޕް ނުދެއްވަ އެވެ.
އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީފައި ވަނީ އެ ގައުމުގެ ރައީސް މަދޫރޯގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ. ނަމަވެސް މަދޫރޯ މީގެ ކުރިން ވެސް ވަނީ އެމެރިކާއިން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.
އެމެރިކާގެ މި އަމަލާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އދ އިން ވެސް ހޯމަ ދުވަހު މިކަމާއި ގުޅިގެން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ފިޒީ ބުއިންތައް ބޭނުން ކުރުން ހުއްޓާލަންވީ މިހެެންވެ!
ގާނޫނު އަސާސީއަށް ކުއްލި އިސްލާހެއް ގެންނަން މަޖްލީހަށް
"ދުނިޔެ ބަދަލެއް ނުވެއެވެ، ދުނިޔޭގައި އެންމެ ގަދީމީޒަމާނުގައިވެސް ބޮޑު ހިލަބުރި ފޭއްސައިގެން ދުރައް ލޮންސިއެއްލާމީހާ އަކީ ގަދަމީހެއްގެގޮތުގައި ބެލެވެއެވެ،ގަބިލާގެ ވެރިކަން ކުރަނި އޭނާކަމުގައި ވެއެވެ.ދުނިޔޭގެ ހާލަކީ މިއެވެ،މިއަދުވެސް ބޮޑު މިސައިލް ހަދައިގެން ފަނާކުރުވަނިވި ހަތިޔާރާއެކު ދުރައް އުދުއްސާލާ ގައުމުތަކަކީ ބާރުގަދަ ނުފޫޒުގަދަ ގައުމުތަކެވެ،އެބާރުތައް ހޯދަނީ އެބާރުނެތް ގައުމުތަކަށް އަތްގަދަކޮށްގެނެވެ،
ރިޕްލައި