ލޭގެ ޕްރެޝަރު މަތިވުމަކީ އޭގެ ޒާތުގައި "އަސްލު" މައްސަލައެއް ނޫން ކަމަށާއި އެއީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ އެހެން ކަމެއްގެ އިންޒާރެއް ކަމަށް ހިތުގެ ބަލީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޖެކް ވިލްސަން ވިދާޅުވެއްޖެ އެވެ.

ހިތުގެ ބަލިތަކަށް ފަރުވާ ކުރުމުގައި 16 އަހަރުގެ ތަޖުރިބާ ހޯދާފައިވާ ޑރ. ވިލްސަން ވިދާޅުވީ ލޭގެ ޕްރެޝަރަށް ކާ ބޭސްތަކަކީ އާއްމުކޮށް ދިގު މުއްދަކަށް ނަގަންޖެހޭ ބޭސްތަކެއް ކަމަށާއި އެހެން ނަމަވެސް އެ ބޭސްތަކުން ހަގީގީ ފައިދާއެއް ނުކުރާ ކަމަށެވެ.

އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ޑރ. ވިލްސަން އިތުރަށް ވިދާޅުވީ ލޭގެ ޕްރެޝަރަށް އާއްމުކޮށް ދެވޭ ބޭސްތަކުން ލޭ މައްޗަށް ދާން މެދުވެރިވާ އަސްލު ސަބަބަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

https://www.instagram.com/natural_heart_doctor/?utm_source=ig_embed&ig_rid=617c971b-3e9c-4b6d-b6d2-a329ae46bc98

އެހެން ކަމުން ލޭގެ ޕްރެޝަރަށް ދީފައިވާ ބޭސްތައް ބޭނުން ކުރަމުން ދިޔަ ނަމަވެސް އޭގެ ފަހަތުގައިވާ ބޮޑެތި ބަލިތަކުގެ ނުރައްކާ އަދިވެސް އޮންނަ ކަމަށް ޑރ. ވިލްސަން ވިދާޅުވި އެވެ.

ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ލޭނާރުތަކުގައި ލޭ ދައުރުވާ ބާރުމިން އާއްމު ހާލަތަށްވުރެ އަވަސް ވުމުން މެދުވެރިވާ ހާލަތެކެވެ. މި ހާލަތުގައި ހަށިގަނޑަށް ބޭނުންވާ ލޭ ޕަމްޕު ކޮށްދޭން ހިތަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.

އާއްމު ގޮތެއްގައި ލޭގެ ޕްރެޝަރު މައްޗަށް ދިއުމަކީ ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީ ބަލި ފަދަ ބޮޑެތި އަދި ނުރައްކާތެރި ކަންކަމުގެ މައިގަނޑު އެއް އަލާމާތެވެ.